ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)412/412/2023/25
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި:
14 ނޮވެންބަރު 2023 23:59
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލަށް ޑަމްޕް ލޮރީއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް
މި އިޢުލާންވަނީ 14 ނޮވެންބަރު 2023 12:53 ގައި ބާތިލް ކުރެވިފައެވެ.
- ކައުންސިލް އިދާރާއަށް ޑަމްޕް ލޮރީއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރެވޭނީ 2023 ނޮވެމްބަރ 08 އިން 2023 ނޮވެމްބަރ 14ގެ 23:59 ގެ ނިޔަލަށް i[email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިގެންނެވެ. އަދި ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެމްބަރ 15 ވަނަ ދުވަހުގެ 12:00ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މިއިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 2023 ނޮވެމްބަރ 15 ވަނަ ދުވަހުގެ 13:00 ގައި އޮންލައިކޮށްށެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ނޮވެމްބަރ 21 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތާއި، ސަޕްލައި ކުރަންޖެހޭ ލޮރީގެ ސްޕެސިފިކޭޝަން މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ / ގއ.ކޮނޑޭ، ދިވެހިރާއްޖެ.
- ފޯން: 6821045/9662499
- އީމެއިލް: [email protected]
07 ނޮވެންބަރު 2023