މަސައްކަތް
ނަންބަރު: GS58/IUL/2023/44
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 16 ނޮވެންބަރު 2023 14:00
އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ މަލްޓިޕާރޕޯސް ހޯލު ސްޓޭޖްގައި ފަރުދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުން:

މިސްކޫލްގެ މަލްޓިޕާރޕޯސް ހޯލު ސްޓޭޖްގައި ފަރުދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުން:

  1. މިސްކޫލުންދޭ ނަމޫނާއާއި މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިސްކޫލްގެ މަލްޓިޕާރޕޯސް ހޯލު ސްޓޭޖްގައި ފަރުދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 08 ނޮވެމްބަރ 2023 އިން 16 ނޮވެމްބަރ 2023 ގެ ނިޔަލަށް ރަސްމީ ގަޑީގައި ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. މިބީލަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރައްވާއިރު ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ފުރިހަމަކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ކުންފުނީގެ ނަން / މަސްޢޫލުވެރިފަރާތް:

ފޯންނަންބަރު / އީމެއިލް އެޑްރެސް:

  3. މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 ނޮވެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ11:00 ގައި އައްޑޫ ހައި ސްކޫލް ގައެވެ.  މަޢުލޫމާތުދިނުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.

  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  22 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ 11:00 ގައިއައްޑޫ ހައި ސްކޫލް ގައެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  5. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަޖެޓް ސެކްޝަން

އައްޑޫ ހައި ސްކޫލް

ހިތަދޫ،އައްޑޫ                                                             

ފޯން:  6885796 އީ-މެއިލް: [email protected] ކޮޕީ-މެއިލް: [email protected]

23 ރަބީޢަލްއާޚިރު 1445

07 ނޮވެމްބަރ   2023

07 ނޮވެންބަރު 2023