މަސައްކަތް
ނަންބަރު: (IUL)218-Audit/218/2023/56
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 23 ނޮވެންބަރު 2023 13:00
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އިންސްޓިޓިއުޝަނަލް އޮޑިޓް ގެ އޮޑިޓް ޕެނަލްގައި މަސައްކަތް ކުރުމަށް އިތުރު މެމްބަރުން ހޯދަން ބޭނުންވެއްޖެ

ދިވެހިރާއްޖޭގައި މަތީތަޢުލީމުދޭ މަރުކަޒުތަކުގެ އިންސްޓިޓިއުޝަނަލް އޮޑިޓް ކުރުމަށް އެކުލަވައިލާ އޮޑިޓް ޕެނެލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތްކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ.

 

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ހޮވުމަށް ބޭނުނުންވާ މިންގަޑުތައް އެކުލެވޭ މަޢުލޫމާތު ކަރުދާހެއް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ވެބްސައިޓް http://www.mqa.gov.mv/ އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ކަރުދާހުގައިވާ ޝަރުޠު ފުރިހަމަވާ މިކަމަށް ޝައުވެރިވާ ފަރާތްތަކުން ޝައުޤުވެރިވާކަން ހާމަކޮށް 23 ނޮވެމްބަރ ވާ ބުރާސްފަތި ދުވަހުގެ  13:00ގެ ކުރިން [email protected] އަށް ސީވީއާއެކު އީމެއިލްގެ ޒަރީޢާއިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ހޮވޭ ފަރާތްތަކަށް މި އޮތޯރިޓީގެ ފަރާތުން އިތުރު ތަމްރީނު ދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން އުޖޫރަ ދެވޭނެއެވެ.   

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3026662  ފޯނަށް ގުޅުން އެދެމެވެ. 

 

*ނޯޓް:އިންސްޓިޓިއުޝަނަލް އޮޑިޓް ޕޫލްގައި މިހާރު އުޅުއްވާ ބޭފުޅުން އަލުން ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.

 


22 ރަބީޢުލްއާޚިރު 1445

06 ނޮވެންބަރު 2023