މަސައްކަތް
ނަންބަރު: (IUL)226-H/226/2023/27
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 20 ނޮވެންބަރު 2023 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރަވިންގ ޓްރެކް ހަދައިދޭނެ ފަރާތެއް ހޯދުން

ހދ އަތޮޅު ކައުންސިލް އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރާ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާނު ހެދުމަށް ބޭނުންވާ ޑްރައިވިންގ ޓްރެކް އަޅައިދޭނެ ފަރާތެއް ހޯދުމަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/bid-register ލިންކް ބޭނުން  ކުރެއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޚް

ގަޑި / ތަން

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

06 ނޮވެމްބަރ 2023 އިން

16 ނޮވެމްބަރ 2023 ނިޔަލަށް

16 ނޮވެންބަރ 2023 ގެ 14:00 ކުރިން، އޮންލައިންކޮށް

މައުލޫމާތު ސާފްކުރުން

14 ނޮވެމްބަރ 2023

11:00 ހދ އަތޮޅު ކައުންސިލް މީޓިންރޫމް

ބީލަންތައް ހުޅުވުން

20 ނޮވެމްބަރ 2023

11:00 ހދ އަތޮޅު ކައުންސިލް މީޓިންރޫމް

  1. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
  2. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
  3. މި ބީލަން ހުޅުވާލެވިފައި މިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  4. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

ފޯން: 6521646 ، 6521643

އީމެއިލް: [email protected]

06 ނޮވެންބަރު 2023