މަޤާމުގެ ޝަރުޠު:
|
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ސާފުކުރަން ހަވާލުކުރެވޭ އޮފީހުގެ ތަންތަން ގަވާއިދުން ސާފުކުރުން. މިގޮތުން ސާފުކޮށް ބަލަހައްޓަންޖެހޭ ތަންތަނަކީ:
- ޖީ.ބްލޮކްގެ ކޮމްޕައުންޑުން، ފެކަލްޓީ އޮފް އާރޓްސްގެ ކުރިމަތިން ބަހާފައި ދީފައިވާ ސަރަހައްދު.
- ސީ.އޯ.އެލްގެ ކްލާސްރޫމް ނަންބަރު 9 އާއި 12
- އޮފީސްބައިގެ އެތެރެ (ރިސެޕްޝަން އޭރިއާއާއި އެޑްމިން ބައި)
- ފިރިހެނުންގެ 2 ފާޚާނާއާއި ފާޚާނާ ބުލޮކުގެ ބޭރުގައިވާ ސަރަހައްދު
- އޮފީހުގެ ކުޑަ މީޓިންގ ރޫމް
- ސައިކޮޓަރިއާއި، ސައިކޮޓަރީގެ ކުރިމަތީގައި އޮންނަ ސަރަހައްދާއި، ކްލާސްރޫމްތަކަށް ދާން އޮންނަ ކޮރިޑޯ
- ނަންބަރު 1 ގައި އިސްވެބަޔާން ކުރެވުނު ތަންތަން ކޮންމެ ދުވަހަކުވެސް ސާފުކުރަންވާނެއެވެ.
- ކޮންމެ ތަނެއް ސާފުކުރުމުގައިވެސް އެތަނެއްގެ ތަޅުންގަނޑާއި، އެތަނެއްގައި ހުރި ފަރުނީޗަރާއި މެޝިނަރީވެސް ހިރަފުސްފޮޅައި ސާފުކޮށް، މޮޕް އަޅަންޖެހޭ ތަންތަނުގައި މޮޕް އެޅުން.
- ސާފުކުރަން ލިބިފައިވާ ތަންތަނުގެ ދޮރުތަކާއި ކުޑަދޮރުތައް، މަދުވެގެން ހަފުތާއަކު އެއްފަހަރު ރީތިކޮށް ފޮހެ ސާފުކުރުން.
- ސާފުކުރަން ލިބިފައިވާ ތަންތަނުގެ ފަންކާތަކާއި ހޮޅިބުރިއާއި ބޮކިތައް، ކޮންމެ ދެ ހަފުތާއިން އެއްފަހަރު ފޮހުން.
- ބްލޮކް ކްލާސް ނިމޭދުވަހު، ކްލާސްތައް ނިމުމުން، އެވަގުތު ޑިއުޓީގައިހުރި މުވައްޒަފެއްގެ ލަފާގެމަތީން ކްލާސްރޫމްތައް ސާފުކުރުން.
- އޮފީހުން ބައިވެރިވާ ޚާއްޞަ އިވެންޓްތަކާއި، ކުއްލިއަކަށް ދިމާވާ ކަންކަމުގައި، ސެންޓަރުގެ ވެރިޔާ އަންގާ ގޮތެއްގެ މަތީން އޮފީހުގެ މަސައްކަތް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް، އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.
- މި މަޤާމަށް އެދި ކުރިން އެޕްލިކޭޝަން ފޮނުވާފައިވާ ކެންޑިޑޭޓުން، އަލުން އެޕްލިކޭޝަން ފޮނުވާކަށް ނުޖެހޭނެއެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
- މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|
21 ޖުމާދަލްއޫލާ 1436 |