މަޤާމު:
|
ސީނިއަރ ޓެކްނިކަލް އެކްސްޕާރޓ
|
ބޭނުންވާ އަދަދު:
|
01
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް
|
ކޮންޓްރެކްޓް މުއްދަތު:
|
08 މަސް
|
މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު
|
ޔުނިވަރސިޓީ ބަންދުނޫން ދުވަސްތައް
|
މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު
|
މަސައްކަތްކުރާ ކޮންމެ ދުވަހަކު 6 ގަޑިއިރު
|
އުޖޫރަ
|
މަހަކު 12,500.00 ރުފިޔާ
|
އެހެނިހެން އިނާޔަތްތައް:
|
ސާރވިސް އެލަވަންސް: 3,000.00 ރުފިޔާ
ފީލްޑް އެލަވަންސް: 4,500.00 ރުފިޔާ
|
މަޤާމުގެ ޝަރުތު:
|
- އެންވަޔަރަމަންޓް ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 8 ވަނަ ހަރުފަތުގެ ޕޯސްޓް ގްރަޖުއޭޓް ޑިޕްލޮމާ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- އެންވަޔަރަމަންޓް ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަމަންޓް ދާއިރާގެ މަސައްކަތުގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- ދިރާސާކުރުމުގެ ތަޖުރިބާ ހުރުމާއެކު، ކުރެވިފައިވާ ދިރާސާތައް ޝާއިއުކޮށްފައިވާ ފަރާތްތަކާށާއި، ބައިނަލްއަޤްވާމީ ޕްރޮޖެކްޓް ނުވަތަ ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޕްރޮޖެކްޓްގެ ޙަރަކާތްތަކާގުޅޭ ރިސާރޗްތަކަށް ބޭނުންވާ މަޢުލޫމާތުއެއްކޮށް އެނަލައިޒްކޮށް ރިޕޯޓް އެކުލަވާލުން.
- ކުނިބުނި މެނޭޖުކުރުމާއި ތިމާވެއްޓާ ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ސިޔާސަތުތައް މުރާޖައާކޮށް ދިރާސާތައް ހެދުން.
- ޖާރނަލްތަކާއި މޮނޮގްރާފް ތަކާއި އޮކޭޝަނަލް ޕޭޕަރުތައް ކަރުދާހުގައި އަދި އިންޓަރނެޓްގައި ޝާއިޢުކުރުން.
- ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ ރިސާރޗް ހަރަކާތްތައް ކުރުމުގައި އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.
- ޕްރޮޖެކްޓްގެ ހަރަކާތްތައް ތަންފީޒުކުރުމުގައި ޕްރޮޖެކްޓް މެނޭޖަރ އަށް ދޭންޖެހޭ އެހީތެރިކަންދިނުން.
- ކޮލަބޮރޭޓްކޮށްގެން މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި ރިސަރޗްގެ އިދާރީ މަސައްކަތް ފެސިލިޓޭޓްކޮށް، ޕްރޮޖެޗެޓްގެ ޝަރުތުތަކާ އަދި ގުޅުންހުރި ޕޮލިސީތަކާ ޕްރޮސީޖަރތައް ޕްރޮމޯޓްކުރުމަށްޓަކާ އާ ޕްރޮސެސްތަކާ ޓޫލްތަކާ ގުޅޭ މަޢުލޫމަތު ދިނުމަށް ހެލްޕް ޑެސްކެއްގޮތުގައި މަސައްކަތްކުރުން.
- ރަނގަޅު ރެކޯޑް ބަލަހައްޓައި ގުޅުންހުރި ޕޮލިސީތަކާއި ލިނުންތައް ފަސޭހައިން ލިބޭނެގޮތްހަދައި އަދި ޕޮލިސީތަކާއެއްގޮތަށް މަސައްކަތްކުރުން.
- ފީލްޑް ވޯރކް އަދި ޕްރޮޖެކްޓާ ގުޅުންހުރި ހަރަކާތްތަކަށް ބޭނުންވާ ދަތުރުފަތު އަދި ލޮޖިސްޓިކަލް އެރޭންޖްމަންޓްތައް ރޭވުން.
- ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައި ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:2023 ނޮވެމްބަރު 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345420 / 3345427 ނަމްބަރު ފޯނަށެވެ.
|