ނީލަން
ނަންބަރު: (IUL)468-LMS/468/2023/320
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 08:07
ސުންގަޑި: 09 ނޮވެންބަރު 2023 09:30
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާއި ގުޅޭ:

          ކާސިންޖީގޯޅިފުޅާކުރުމަށްޓަކައި ބަދަލުދެވިފައިވާ ރަންދުވަރު ބަދިގެ ފާރާއި ފުރާޅުގައި ހުރި ޓިނުތަކުގެ ނީލަންކިޔުން 2023 ނޮވެމްބަރު  09 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 9:30 ގައި ރަންދުވަރު ގޯތި ކައިރީގައި އޮންނާނެއެވެ.

  ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ނޮވެމްބަރު  09 ވާ ބުރާސްފަތި ދުވަހު 9:30 އަށް އެތަނަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަމުން އިމާރާތް އަދި ފާރު ނަންގަވާ ފަރާތްތަކުން 2023 ނޮވެމްބަރު  14 ވާ އަންގާރަ ދުވަހުގެ 12:00 ގެކުރިން ފުވައްމުލަކު ސިޓީކައުންސިލަށް ފައިސާ ދައްކަވައި 2023 ނޮވެމްބަރު  18 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އިމާރާތް އަދި ފާރުތަޅާ ސާފުކޮށް އެތަނުން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުރެއްޖެނަމަ އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލާ ކައުންސިލްގެ ފަރާތުން އުކާލެވޭނެއެވެ.

    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ނޮވެންބަރު 2023