ދިވެހިރާއްޖެ
އިޢުލާން
ނ. މާޅެންދޫން ވިޔަފާރި ބިން ކުއްޔަށް ދޫކުރުން
ނ.މާޅެންދޫ ގައި ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ނޮވެންބަރ 2023 (އާދީއްތަ) ދުވަހުން ފެށިގެން، 13 ނޮވެމްބަރ 2023 ވާ (ހޯމަ) ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރުއްވުމަށްފަހު މި ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ބިޑް/ޕުރޮޕޯސަލް ހުށަހެޅުމާއި ބިޑް/ޕްރިޕޯސަލް ހުޅުވުން އޮންނާނީ 19 ނޮވެމްބަރ 2023 ވާ (އާދީއްތަ) ދުވަހުގެ 13:00 ގައި މި ކައުންސިލްގެ މީޓިންގ ރޫމްގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 13 ނޮވެމްބަރ 2023 ވާ (ހޯމަ) ދުވަހު މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ ޕުރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.