ދިވެހިރާއްޖެ
ފާދިއްޕޮޅު އޮޅުވެލިފުށި ލޭންޑްޔޫސް ޕްލޭން ރިވިއުކޮށް، ލޭންޑްޔޫސް ޕްލޭން ހަދައިދިނުމާ ގުޅޭ
ޅ.އޮޅުވެލިފުށީ ލޭންޑްޔޫސް ޕްލޭން ރިވިއުކޮށް، ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން (IUL)329/329/2022/45 އާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 14 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު ހީރަސް ކުރެވިފައިވާނެއެވެ. ބީލަމުގައި ރަޖީސްޓަރ ވުމަށް އެދޭ ފޯމް ފުރުއްވާ 9 ނޮވެމްބަރ 2023 ގެ13:00 ގެ ކުރިން މިކައުންސިލްގެ އީމެއިލް [email protected] މެއިލް ކޮށްދެއްވުން އެދެމެވެ. ފޯމް އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން ނުވަތަ 6620075 ނަންބަރ އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
21 ރަބީއުލް އާޙިރު 1444
05 ނޮވެމްބަރ 2023