ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)153-EXAM/1/2023/04
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 20 ނޮވެންބަރު 2023 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ (ކުޅުދުއްފުށީ ކެމްޕަސް)

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ (ކުޅުދުއްފުށީ ކެމްޕަސް)
ބޭނުންވާ އަދަދު :7

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަހުގެ މިއަހަރުގެ ދެވަނަ ޓަރމްގެ ފައިނަލް އިމްތިހާނާއި ރީސިޓް އިމްތިހާނު ބޭއްވުމަށް އިންވިޖިލޭޓަރުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

7

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ހދ.ކުޅުދުއްފުށީ ކެމްޕަސް

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިޙާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

ނޯޓް: މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި ބަލާނެ މައިގަޑު ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ހެނދުނު ދަންފަޅި ހިމެނޭގޮތަށް މަސައްކަތަށް ވަގުތު ދެވޭނެ މިންވަރު.
  • އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާ.
  • ތައުލީމީ ފެންވަރު.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދުވަސްތަކުގައި، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.

ފައިނަލް އިމްތިޙާނު އޮންނާނީ  03 ޑިސެމްބަރު 2023 އިން 16 ޑިސެމްބަރު 2023އަށެވެ.

ރީސިޓް އިމްތިހާން

މަޤާމުގެ މަސްއޫލިއްޔަތުތައް:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ސުންގަޑި:

20 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ.

އޮންލައިން އެޕްލިކޭޝަން ލިންކް:

https://forms.gle/FbgerX9ZfFgHhQFAA

ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރެޑިޓް ކޮށްފައިވާ ސަނަދު).
  • ޔުނިވަރސިޓީއިން އެދުމުން، އިންވިޖިލޭޓަރުންނަށް ހޮވޭ ފަރާތްތަކުން ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކުރުމަށްފަހު، އޭގެ އަސްލު ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345227 އަށެވެ.

05 ނޮވެންބަރު 2023