ތަމްރީނު
ނަންބަރު: (IUL)166 - Schol/166/2015/24
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 15:07
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލޯނު ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ޑިގްރީ ހަދަން ފުރުޞަތު ދެވިފައިވާ ފަރާތްތަކުން ކިޔަވަންދާ ޤައުމު ނޫން އެހެން ޤައުމުތަކުގެ ޑިގްރީ ޕްރޮގުރާމުން ފުރުޞަތު ދިނުމާ ބެހޭ

ލޯނު ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ޑިގްރީ ހަދަން ފުރުޞަތު ދެވިފައިވާ ފަރާތްތަކުން ކިޔަވަންދާ ޤައުމު ނޫން އެހެން ޤައުމުތަކުގެ ޑިގްރީ ޕްރޮގުރާމުން ފުރުޞަތު ދިނުމާބެހޭ

ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމްގެ އުސޫލު ހަމަޖެހިފައިވާ ގޮތުން، ރާއްޖޭން ބޭރަށް ފޮނުވަން ހަމަޖެހިފައިވަނީ އެޤައުމެއްގެ ލޯކަލް ޑިގްރީ ކޯސްތައް ހެދުމަށެވެ. މީގެ މަޤުޞަދަކީ ޚަރަދުކުޑަކޮށް ކިޔެވުމުގެ މަގުތަނަވަސް ކޮށްދިނުމެވެ. އެހެންނަމަވެސް މިޑިޕާޓްމަންޓަށް ފާހަގަކުރެވިފައިވާ ގޮތުގައި ލޯކަލް ޕްރޮގްރާމްތައްވެސް ބައެއް ހާލަތްތަކުގައި ބޭރުގެ ޕްރޮގްރާމް ތަކަށްވުރެ އަގުބޮޑުވެއެވެ. އަދި ބޭރުގެ ޕްރޮގްރާމްގެ ޕާޓްނަރ ޔުނިވަރސިޓީގެ ރޯޔަލްޓީ ފީޔާއެކުވެސް ބައެއް ބޭރުގެ ޕްރޮގްރާމްތަށްވެސް ލޯކަލް ޕްރޮގްރާމް ތަކަށްވުރެ އަގުހެޔޮވާތަންވެސް އާދެއެވެ. ވީމާ، ލޯނު ސްކީމްގެ ދަށުން ރާއްޖެފިޔަވައި އެހެން ޤައުމުތަކުގައި ކިޔަވާ ދަރިވަރުން ޤައުމުނޫން އެހެން ޤައުމަކުން ސަނަދުދޭ ޕްރޮގްރާމްތައް ހެދުމުގެ ހުއްދަދިނުމުގައި ކޯހާއި ގުޅޭލިޔެކިޔުންތައް ހުށަހެޅުމުން ކޯހުގެ އަގާއި ހާލަތަށް ބަލައި އެކޯހެއް ހެދުމަށް ލޯނުދިނުމުގައި ދޫތަކެއް ދިނުމަށް ނިންމާފައިވާތީ، މިކަން ޢާންމުކޮށް އެންގުމުގެ ގޮތުން ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 33413763341381, އާ ގުޅުއްވުން އެދެމެވެ.

03 މާރިޗު 2015