ނީލަން
ނަންބަރު: 237-B/2015/10
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 13 މާރިޗު 2015 16:30
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

މިއިދާރާގައި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ހަމަޖައްސައިފީމެވެ. ނީލަންކިޔުން އޮންނާނީ 13 މާރިޗު 2015 ވާ ހުކުރު ދުވަހުގެ ހަވީރު 4:30 ގައި މިއިދާރާގެ ގޯތިތެރޭގައެވެ. ތަކެތި ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 09 މާރިޗު 2015 ން 12 މާރިޗު 2015 އާ ދެމެދު ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 އާދެމެދު މިއިދާރާއަށް ދުރުވުމުން ތަކެތި ބެލޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ނީލަންކިޔާ ތަކެތީގެ ލިސްޓު ނޯޓިސްބޯޑުތަކުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަންކިޔާ ކޮންމެ އެއްޗެއްވެސް އެއެއްޗެއްގެ ނީލަން ފެށޭ އަގު ކިޔާނީ މިއިދާރާއިންނެވެ. ނީލަން ފެށޭ އަގުތަކަކީ -/5 ރުފިޔާއާއި -/100 ރުފިޔާއާ ދެމެދުގެ އަގުތަކެވެ.

ދަންނަވަމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ތަކެތި ގެންދަވަންވާނީ ފައިސާ ދައްކާފައެވެ. ނީލަމުން ތަކެތި ނެންގެވުމަށްފަހު، ފައިސާ ނުދައްކަވާ އަދި ނުގެންދަވާ ހުންނަ ތަކެތި 16 މާރިޗު 2015 ގެ ނިޔަލަށް ނައްތާލެވޭނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު މިއިދާރާގެ ގޯތިތެރެއަށް ދުރުވެދެއްވުން އެދެމެވެ.

17 ޖުމާދަލްއޫލާ 1436

08 މާރިޗު 2015