ކުއްޔަށް ދިނުން
ނަންބަރު: (IUL)351/351/2023/51
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 21 ނޮވެންބަރު 2023 00:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ އުތުރުކޮޅުގެ ސަރަަހައްދުން 10,000 (ދިހަހާސް) އަކަފޫޓުގެ ބިމެއް ކަނޑުއުޅަނދުފަހަރު ބަނދެ މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އދ. މަންދޫ ޕްރޮޕޯސްޑް ލޭންޑް ޔޫސް ޕްލޭންގައި ހިމަނާފައިވާ ސްލިޕްވޭ އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ތެރެއިން 10,000 (ދިހަހާސް) އަކަފޫޓުގެ ބިމެއް ކަނޑުއުޅަނދުފަހަރު ބަނދެ މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އިސްވެ ދެންނެވުނު ބިމަކީ މިކައުންސިލުގެ ހަތަރުވަނަ ދައުރުގެ 49 (ސާޅީސް ނުވައެއް) ވަނަ ޢާންމު ޖަލްސާގައި ނިންމާފައިވާ ނިންމުމާއި އެއްގޮތަށް 16 އޮކްޓޯބަރު 2023 ވީ ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ އާންމު ބައްދަލުވުމުގައި ފާސްކޮށްފައިވާ ބިންކަން ތިޔަ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެހެންކަމުން މިކަމަށްއެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://forms.gle/6yq6MAo6w93Z8HXY6 މިލިންކު މެދުވެރިކޮށް 16 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށައެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޔާއިން ފޯރުކޮށްދެވޭނެއެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 21 ނޮވެންބަރު 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އދ. މަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިމަސައްކަތް ކުރުމަށްއެދި އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގައި ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ބިޑު ސެކިއުރިޓީގެ ގޮތުގައި /-10،000(ދިހަހާސް ރުފިޔާ) ރުފިޔާ ބަހައްޓަންޖެހޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6680052 ފޯނަށް ގުޅުއްވުން އެދެމެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.

05 ނޮވެންބަރު 2023