މަސައްކަތް
ނަންބަރު: J3C-A/2023/20
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 12 ނޮވެންބަރު 2023 11:00
ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުގެ ގޭޓާއި ދިދަ ޕޯސްޓް އަދި ބޭރުހަރުފަތް ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް

         މި ކޯޓުން ފޯރުކޮށްދޭ މަޢްލޫމާތާއި ކުރެހުމާއި އެއްގޮތަށް މި ކޯޓުގެ ބޭރު ގޭޓްހެދުމާއި، ދިދަ ޕޯސްޓްހެދުމާއި ބޭރުހަރުފަތް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         މަޢްލޫމާތު ސާފުކޮށްދިނުން 6 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00ގައި މި ކޯޓުގައި އޮންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 6 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

ބީލަން ހުށަހަޅާނީ 12 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކޯޓަށެވެ.

 މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

02 ނޮވެންބަރު 2023