މަސައްކަތް
ނަންބަރު: (IUL)380/2023/39
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި:
06 ނޮވެންބަރު 2023 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދ.މާއެނބޫދޫ މަސްޖިދުލްޛިކުރާ މިސްކިތުގެ މަރާމާތު
އިޢްލާން
އަންދާސީ ހިސާބް ބޭނުންވެއްޖެ
މިއިދާރާގެ ނަންބަރު: (IUL)380/2023/31 (20-08-20223) ގެ އިޢްލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު އެކަށީގެންވާ ވަރަށްވުރެން ބޮޑުކަމަށް ފެންނާތީވެ، އެއިޢްލާން ބާޠިލުކޮށް އަލުން ދ.މާއެނބޫދޫ ކައުންސިލުން ދެއްވާ މަޢުލޫމާތާއެއްގޮތަށް ދ.މާއެނބޫދޫ މަސްޖިދުލް ޒިކުރާ މިސްކިތުގައި ކުރަންބޭނުންވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
އިތުރު މަޢުލޫމާތު
- މި މަސައްކަތާގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 06 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލްގެ އިދާރާގައެވެ.
- އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 12 ނޮވެމްބަރު 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލްގެ އިދާރާގައެވެ.
- މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
- މަޢުލޫމާތު ސާފުކުރަންވަޑައި ނުގަންނަވާ ފަރާތްތަކާއި،އަންދާސީ ހިސާބު ހުށަހަޅަން އޮންނަގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.
- މަސައްކަތް ހަވާލުކުރެވޭނީ ކައުންސިލްއިދާރާގެ އިވެލުއޭޝަން ކޮމެޓީން ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެގިނަ މާކުސްލިބޭ ފަރާތަކަށެވެ.
- ލިބޭމާކުސް އެއްވަރުވެއްޖެނަމަ މާކުސް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުލައި ލިބުނު ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކުސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ އަގަށް (އެންމެ ކުޑައަގު ބެންޗްމާކުކަމުގައި ބަލައިގެންނެވެ.) |
% 70 |
މުއްދަތަށް (އެންމެ ކުރު މުއްދަތު ބެންޗްމާކުކަމުގައިބަލައިގެންނެވެ.) |
% 20 |
މަސައްކަތުގެ ތަޖުރިބާއަށް |
% 10 |
އިތުރުމަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
02 ނޮވެންބަރު 2023