ކުއްޔަށް ދިނުން
ނަންބަރު: (IUL)419/419/2023/114
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 23 ނޮވެންބަރު 2023 12:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާޢީ ކުދި މަސައްކަތްތަކަށް ބިން ކުއްޔަށް ދޫކުރުން

ގައްދޫ އުތުރުކޮޅު ފުޓްސަލް ދަނޑާދިމާލުން ބޭރުން ވަތަބަނޑޭރި މަގުގެ ހުޅަނގު އުތުރު ސަރަޙައްދުން ކައުންސިލްގެ 3500 (ތިންހާސް ފަސްސަތޭކަ) އަކަފޫޓުގެ 2  ބިން ސިނާޢީ ކުދި މަސައްކަތްތައްކުރުމަށް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ބިންކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ އުޞޫލުގެ ދަށުން ބިންކުއްޔަށް ހިފުމަށް ހުށަހެޅުމަށް ދެންނެވީމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 23 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

                          02 ނޮވެމްބަރު 2023                                                  

02 ނޮވެންބަރު 2023