ދިވެހިރާއްޖެ
އިޢުލާން |
|
މަޤާމު |
ކަލެކްޓިންގ އޮފިސަރ (ކައުންސިލް އެސިސްޓެންޓް) |
ބޭނުންވާ ޢަދަދު |
02 (ދޭއް) |
މަޤާމުގެ ބާވަތް |
ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 01 އަހަރުދުވަހުގެ މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. މިއީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.) |
ވަޒީފާ އަދާކުރަން ޖެހޭ ތަން |
ހޯނޑެއްދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރ (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ) |
މަހު މުސާރަ / އުޖޫރަ |
މަހަކު -/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ) ސާވިސް އެލަވަންސް -/1000ރ (އެއްހާސް ރުފިޔާ) ސަޕޯޓިންގ ކޯ އެލަވަންސް -/1200ރ (އެއްހާސް ދުއިސައްތަ ރުފިޔާ) މިނިމަމް ވޭޖް އެލަވަންސް -/1917ރ (އެއްހާސް ނުވަސަތޭކަ ސަތާރަ ރުފިޔާ) |
އިތުރު ގަޑި: |
އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ލިބޭނެއެވެ. |
އިތުރު ޢިނާޔަތް |
ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ރަމަޟާން އެލަވަންސް ލިބޭނެއެވެ. |
މަސައްކަތު ވަގުތު |
ހަފްތާއަކު 06 ދުވަހު ކޮންމެ ދުވަހަކު 08 ގަޑިއިރު (ކައުންސިލުން ނިންމާ ވަކި ގަޑިތަކެއްގައި) ކޮންމެ ހަފްތާއަކު 01 ދުވަސް އޮފް ދުވަހެއްގެ ގޮތުގައި ލިބޭނެއެވެ. |
ކޮންޓްރެކްޓް ކުރެވޭ މުއްދަތު |
މީލާދީ 01 (އެކެއް) އަހަރުދުވަސް
|
މަޤާމުގެ ޝަރުތުތައް |
ލިޔަންކިޔަން އެނގުން ނުވަތަ ގްރޭޑް 5 ނިންމާފައިވުން. ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 - 3 އާދެމެދުގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ތިރީގައިމިވާ ކަންތައްތަކަށެވެ. (މިބައިގެ ތަފްޞީލް "ހޯނޑެއްދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ މުވައްޒަފުންނާއިބެހޭ އުޞޫލު" ގައި ވާނެއެވެ.)
(މަޤާމުގެ މަސައްކަތު ދާއިރާއާ ގުޅޭ ތަޖުރިބާ، އަދި އަދާކުރި / އަދާކުރާ ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އަދި ވަޒީފާ އަދާކުރި / އަދާކުރާ ތަނުގެ މުވައްޒަފުންގެ ޢަދަދު އެނގޭނެ ލިޔުންތައް ފިޔަވައި އެހެން ލިޔުންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިނުވެއެވެ.)
ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިވެލުއޭޓް ކުރުމުގައި ބަލާނެ މިންގަނޑުތައް ހޯނޑެއްދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ މުވައްޒަފުންނާއިބެހޭ އުޞޫލުގައި ހިމަނާފައިވާނެއެވެ. ނޯޓް: މިމަޤާމަށް މީހަކު ހޮވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މަދުވެގެން ޖުމްލަ %60 އިންސައްތައަށްވުރެ މަތިން ލިބިގެންނެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023ނޮވެމްބަރ 13ވަނަ ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާ (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓް ލިސްޓްކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 ނޮވެމްބަރ 20 އިން2023 ނޮވެމްބަރ 26 ވަނަ ދުވަހާއި ދެމެދު ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) އާންމުކޮށް ފެންނާނެހެން މި އިދާރާގައި ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840015 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |