ދިވެހިރާއްޖެ
ހދ ހިރިމަރަދޫ އިޖްތިމާޢީ ސަރަޙައްދުތަކުގައި ހިމެނޭ ގަބުރުސްތާނު، ބަނދަރު ސަރަޙައްދު، ކުޑަކުދިންގެޕާކް، ބޮޑުދަނޑު، ބަށިކޯޓް، ވޮލީކޯޓް، ފެންތާންގީތައް ސާފުކޮށް ބަލަހައްޓާ ދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ ނުވަތަ މިއިދާރާގެ ނަންބަރ: 6520047 ފޯނަށް ގުޅުއްވައިގެން ނުވަތަ މިއިދާރާގެ hirimaradhoocouncil@gmail އަށް މެއިލް ކުރައްވައިގެން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން |
02 ނޮވެމްބަރ 2023 އިން 07 ނޮވެމްބަރ 2023 ނިޔަލަށް |
07 ނޮވެމްބަރ 2023 ގެ 12:00 ކުރިން، |
މައުލޫމާތު ސާފްކުރުން |
09 ނޮވެމްބަރ 2023 |
10:15 ހދ ހިރިމަރަދޫ ކައުންސިލް އިދާރާ ގައެވެ. |
ބީލަންތައް ހުޅުވުން |
16 ނޮވެމްބަރ 2023 |
10:15 ހދ ހިރިމަރަދޫ ކައުންސިލް އިދާރާ ގައެވެ. |
- ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު މިކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.
- ބީލަމުގައި ބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
- މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ސޯސަންމަގު، ހދ. ހިރިމަރަދޫ ، ދިވެހިރާއްޖެ
ފޯން: 6520047