ދެންނެވުން
ނަންބަރު: MTCC-PD/IU/2023/0269
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 08 ނޮވެންބަރު 2023 16:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ ޑޮކްޔާޑްގެ ސްލިޕްވޭ ތަރައްޤީކުރުމަށް ފީސިބިލިޓީ، ޑިޒައިން، އިންޖީނިއަރިންގ އަދި މެނޭޖްމަންޓް ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް:

އެމްޓީސީސީ ޑޮކްޔާޑްގެ ސްލިޕްވޭ ތަރައްޤީކުރުމަށް ފީސިބިލިޓީ، ޑިޒައިން، އިންޖީނިއަރިންގ އަދި މެނޭޖްމަންޓް ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލު

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

08 ނޮވެމްބަރު 2023

ބުދަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

15 ނޮވެމްބަރު 2023

ބުދަ

10:00

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

01 ނޮވެންބަރު 2023