މަސައްކަތް
ނަންބަރު: (IUL)285-D/285/2023/61
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 05 ނޮވެންބަރު 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2023 އަދި ހެނބަދޫ ކައުންސިލް ހޭންޑްބޯލް ފިއެސްޓަރ 2023 ގެ ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

 

 

އިޢުލާން

ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2023 އަދި ހެނބަދޫ ކައުންސިލް ހޭންޑްބޯލް ފިއެސްޓަރ 2023 ގެ ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މިއދާރާގެ އިއުލާނު ނަންބަރު  (IUL)285/285/2023/59ބާތިލްކޮށް އަލުން މިމަސައްކަތް ކޮސްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.  ވީމާ، ތިރީގައި މިދަންނަވާ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ނޮވެމްބަރ 2023 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާއަށް ދުރުވެ ސިޓީއަކާއެކު އަގު ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 20 ޑިސެންބަރ 2023 ވަނަ ދުވަހުއެވެ.

އައުޓްސޯސް ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތް:

  • މުބާރާތުގެ ބެނާ ގޭޓު ހެދުން.
  • ގޯލު ދާގަނޑު ބަދަލުކުރުން.
  • މުބާރާތްކުރިއަށް ދާއިރު ސައުންޑުގެ ހުރިހާ މަސައްކަތެއް ކުރުން.
  • ހުރިހާ މެޗެއްގެ ފޮޓޯ ނެގުން (ފެށުމުގެ ރަސްމިއްޔާތުގެ އިތުރުން ކޮންމެ މެއްޗެއްގެ 6 ފޮޓޯ، ފޮޓޯހުންނަންވާނީ ޑިޒައިންކުރެވިފައި، މުބާރާތުގެ ނަމާއި ކައުންސިލްގެ ނަމާއި ލޯގޯ ހިމެނިފައި އަދި ކޮންމެ މެއްޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ 1 ގަނޑު ފޮޓޯ އިނުން)
  • ފައިނަލް މެޗުގެ ފޮޓޯ ނެގުން (ފައިނަލް މެޗުގެ 6 ފޮޓޯގެ އިތުރުން މަޤާމްތަކަށް ދިޔަ ފަރާތްތަކުގެ ފޮޓޯ ނެގުން)
  • ފައިނަލް މެޗްގައި އިނާމްދިނުމުގެ ރަސްމިއްޔާތައް އެހީތެރިވެ ދިނުން
  • ހުރިހާ މެޗެއް ލައިވްކުރުމާއި ކޮމެންޓްރީ ދިނުން
  • މުބާރާތުގެ ޕޮއިންޓް ޓޭބަލް އަދި ފޭސްބުކް ޕޯސްޓު ހެދުން.
  • ދަނޑުތައްޔާރު ކުރުމުގެ ގޮތުން ދިދަ ދެމުމާއި ބެނާ ހަރުކުރުން އަދި ދަނޑުގެ އަރިމަތި އެއްވަރުކޮށް ރަބަރ އެޅުން
  • ހުރިހާ މެޗެއް ފެށުމުގެ ކުރިން ގޮނޑިޖެހުން އަދި މެޗް ނިމުމުން ގޮނޑި ނެގުން.
  • މުބާރާތް ފެށުމުގެ ކުރިނާއި މުބާރާތް ނިމުމުން ދަނޑުގެ ކުނިތަށް ނެގުން

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                 17 ރަބީޢުލް އާޚިރް 1445

                                 01 ނޮވެންބަރ 2023  

 

 

 

 

 

01 ނޮވެންބަރު 2023