ދިވެހިރާއްޖެ
މަގުތަކުން ކަނޑާފައިވާ ރުއްތައް ނީލަންކިއުން (ފުރަތަމަ އިޢުލާން)
މިރަށުގައި ފެނުގެ ނިޒާމު ގާއިމުކުރުމަށް ހޮޅިވަޅުލުމަށްޓަކައި ރަށުގެ ވަށައިގެން އޮންނަ މަގުން ފެނަކަ ކޯޕަރޭޝަންލިމިޓެޑްގެ ފަރާތުން ކަނޑާފައިވާ ރުއްތަކާއި ގަސްތަކުގެ ބައިތައް ނީލަންކިއުން 07 ނޮވެމްބަރު 2023 ވާ އަންގާރަ ދުވަހު 9:30 ގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ރުއްގުޅިތަކާއި ގަސްލަކުޑިތައް ހުރީ އެ މަގުގެ އެކި ސަރަޙައްދު ތަކުގައިކަމުން ނީލަން ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އިންޖީނުގޭ ގޯއްޗާއިދިމާލު ފަސްގަނޑުމަތީގައި ތަކެތި ހުރިސަރަޙައްދުންނެވެ. މިގޮތުން ނީލަމުން ނަގާ ތަކެއްޗަށް 3 ދުވަސް ތެރޭގައި ފައިސާ ދެއްކުމަށްފަހު 7 ދުވަސްތެރޭގައި ތަކެތި ނަގައި ސަރަޙައްދު ސާފުކުރަން ވާނެއެވެ.
މި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ނީލަމުން ނަގާފައިވާއެއްޗެއް ނުގެންގޮސް ހުރިނަމަ އެތަކެއްޗެއް އަލުން ނީލަން ކިޔޭނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ގަޑިއަށް ޙާޟިރުވުން ސަމާލުކަން ދެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.