ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)359-ESMS/INDIV/2023/17
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 05 ނޮވެންބަރު 2023 14:00
ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް ލިބެންޖެހޭ ފައިސާ ހޯދުން

ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް މިކައުންސިލުން ގިނަ ގުނަ މަސައްކަތްތަކެއް ކުރެވި އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާތީ، ދަރަނި އަދާކޮށް ނިންމަންދެން އެފަދަ ފަރާތްތަކާއި، އެފަރާތްތަކުގެ އަނބި، ފިރި އަދި ދަރިންނަށް ކައުންސިލުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދިނުމަށް 01ނޮވެމްބަރ 2023 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 29 ވަނަ އާއްމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. އަދި މިނިންމުމާއި ގުޅިގެން ކައުންސިލަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ފައިސާ ދެއްކުމަށް އިތުރު 5 ދުވަހުގެ މުއްދަތެއް ދިނުމަށާއި، މުއްދަތުގެ ފަހުން ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓް ކޮންމެ މަހަކު އާއްމުކޮށް އިޢުލާންކުރަމުން ގެންދިއުމަށްވެސް ވަނީ ނިންމާފައެވެ. 

01 ނޮވެންބަރު 2023