ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ
މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
މަޤާމު: އެސިންޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް.
ޢަސާސީ މުސާރަ:5،500.00ރ.
ސާރވިސް އެލަވަންސް: 1،000.00ރ.
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ކަޝަވަރު ޝޯރޫމް /އެމް.ޓީ.ސީ.ސީ ސޯމިލް
ޝަރުޠު:
- ޖީ.ސީ.އީ އޭ ލެވްލް ނުވަތަޖީ.ސީ.އީ އޯ ލެވްލްއާއެކު 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
- އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ސެކްޝަންގެ އެންމެހައި އިދާރީ މަސައްކަތްކުރުމުގައި ދޭންޖެހޭ އެހީތެރިކަން ދިނުން އަދި މިކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން.
މަޤާމު: ކޭޝިއަރ
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައި ވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް
ޢަސާސީ މުސާރަ: 4،700.00ރ.
ސަރވިސް އެލަވަންސް: 1،000.00ރ.
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: އެސްއެމްޑީ/ ކަޝަވަރު ޝޯރޫމް/ އެމްޓީސީސީ ސޯމިލް
ޝަރުޠު:
- ޖީ.ސީ.އީ އޭ ލެވްލް ނުވަތަ ޖީ.ސީ.އީ އޯ ލެވްލްއާއެކު 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- އިނގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފިސް ޕެކޭޖަށް ފަރިތަވުން.
- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.
- އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަމާއި އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކަޑައަޅާފައިވާ ޢުސޫލުގެ މަތިން ފައިސާ ބަލައިގަނެ، ޕެޓީކޭޝް ބަލަހައްޓައި، އަދި ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ތަފުސީލު ސިސްޓަމަށް އަޅައި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
މަޤާމު: ސެކިއުރިޓީ އޮފިސަރ
ބޭނުންވާ އަދަދު: 02
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށްހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް
މުސާރަ:4700.00ރ.
ސަރވިސް އެލަވަންސް: 1،000.00ރ.
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/ މާލެ ނުވަތަ ވިލިނގިލި/ މާލެ ފެރީ ޓަރމިނަލް- ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް
ޝަރުޠު:
- ގްރޭޑް 10 ގެ ފެންވަރު ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާހުރުމާއެކު ޤާބިލުކަން ހުރުން.
- ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ފެރީ ޓާރމިނަލް ތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި އަދި މިފަދަ ތަންތަނުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެންމެ އެދެވޭ ގޮތުގައި އެހީތެރިވުން.
މަޤާމު: އެސިސްޓަންޓް ސޭލްސް އޮފިސަރ
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް
ޢަސާސީ މުސާރަ: 4،400.00ރ.
ސަރވިސް އެލަވަންސް: 1،000.00ރ.
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެހެނިހެން އެލަވަންސް/ އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/ މާލެ ނުވަތަ ވިލިނގިލި/ މާލެ ފެރީ ޓަރމިނަލް - ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް
ޝަރުޠު:
- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ 2 އަހަރު މަސައްކަތުގެ ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން.
- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
- ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
- ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙްތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު ޑިއުޓީ ޝިފްޓްގައި މަސައްކަތްކުރެވޭނެ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ފެރީ ޓިކެޓު ކެނޑުމާއި، ކަސްޓަމަރުންނަށް ފެރީ ޓިކެޓާބެހޭ ޚިދުމަތް ފޯރުކޮށްދިނުން އަދި ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ލިބޭ ސޭލްސް ބެލެހެއްޓުން.
މަޤާމު: އެސިސްޓަންޓް އޮޕަރޭޝަންސް އޮފިސަރ
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް
ޢަސާސީ މުސާރަ: 5500.00ރ.
ސަރވިސް އެލަވަންސް: 1000.00ރ.
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/ މާލެ ނުވަތަ ވިލިނގިލި/ މާލެ ފެރީ ޓަރމިނަލް - ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް
ޝަރުޠު:
- ޖީ.ސީ.އީ އޯ.ލެވެލް އިން 3 މާއްދާއިން ފާސްވެފައިވުން.
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަވުން.
- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ޚިދުމަތް ހޯދާފަރާތްތަކަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރުލިބުމާއެކު އެކަމުގެ ޤާބިލުކަންހުރުން.
- ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން އޮޕަރޭޝަންސްގެ އެންމެހައި މަސައްކަތްކުރުން އަދި މިކަމާބެހޭ ލިޔެކިޔުން ބެލެހެއްޓުން.
މަޤާމު: ޕްރޮޖެކްޓް ކޯޑިނޭޓަރ
ބޭނުންވާ އަދަދު: 02
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް
ޢަސާސީ މުސާރަ ރޭންޖް: 7800.00ރ.
ސަރވިސް އެލަވަންސް: 2،000.00ރ.
ޓެކްނިކަލް އެލަވަންސް: 2،500.00ރ.
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެޑިއުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40
އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ސީ.ޕީ.އެމް.ޑީ/ ޑިޕާޓްމަންޓުން ކަނޑައެޅިފައިވާ ސައިޓުތަކުގައި ނުވަތަ ހެޑްއޮފީހުގައި
ޝަރުޠު:
- ހަޔަރ ޑިޕްލޮމާ ނުވަތަ ޑިގްރީ ގުޅުންހުރި ދާއިރާއަކުން ނިންމާފައިވުމާއެކު 3 ނުވަތަ 4 އަހަރުގެ ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ދާއިރާގެ ތަޖުރިބާ ލިބިފައިވުން.
- މައިކްރޮސޮފްޓް އޮފިސް ޕެކޭޖްއާއި އޮޓޯކޭޑްއަށް ފަރިތަވުން އަދި ފޮޓޯޝޮޕް ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެ.
- ޕްލޭނިންގ ޓޫލްސްފަދަ މައިކްރޮސޮފްޓް އޮފީސް ޕްރޮޖެކްޓް ވިސިއޯ/ޕްރިމަވެރާ އަށް ފަރިތަވުން.
- ބިޒްނަސް މެނޭޖްމަންޓްގެ އުސޫލުތައް އެނގުމާއި އެކު ޕްރޮޖެކްޓް މެނޭޖްމަންޓް/ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
- ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި ދިރާސާ ކުރުމުގެ ހުނަރު އަދި މި މަޢުލޫމާތު ސައިޓް ސުޕަރވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައި ކުރުމުގެ ހުނަރު ލިބިފައިވުން.
- ގިނަ ޕްރޮޖެކްޓްތައް ހިންގުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
- އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
- ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
- ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިންގާ ކުރިއެރުވުން، މިކަންކަން ކުރުމަށް ލަފާދިނުމާއި ރޭވުން އަދި މިމަސައްކަތް ހިނގަމުންދާގޮތް ބެލުމާއި ކޯޑިނޭޓްކުރުން އަދި އެންމެހައި މަސައްކަތްކުރުމުގައި އިދާރީ ގޮތުން އަދި ޢަމަލީ ގޮތުން ކުރަންޖެހޭ ކަންކަންކުރުން.
- ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ގަވާއިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެ އުޅަނދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން އަދި އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުން.
މަޤާމު: ވެބް ޑެވެލޮޕަރ
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް
ޑިޕާރޓްމަންޓް: އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓް
ޢަސާސީ މުސާރަ ރޭންޖް: 6600.00ރ.
ސަރވިސް އެލަވަންސް: 1،500.00ރ.
ޓެކްނިކަލް އެލަވަންސް: 2،000.00ރ.
އެޑިއުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40
އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: އައި.ސީ.ޓީ.ޑީ/ އެމް.ޓީ.ސީ.ސީ ޓަވަރ
ޝަރުޠު:
- ޑިގްރީ ނުވަތަ ޑިޕްލޮމާ - ކޮމްޕިއުޓަރ ސައިންސް ދާއިރާގެ ސޮފްޓްވެއަރ ޑެވެލޮޕްމަންޓްގެ ރޮނގުން، ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައި ވުމާއެކު އެފަދަ ދާއިރާއެއްގައި 3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން އަދި ޤާބިލުކަން ހުރުން.
- ވެބް އެޕްލިކޭޝަންސް ސްޓްރަކްޗަރކޮށް ތަރައްޤީކުރުމުގެ ހުނަރު ލިބިފައިވުން.
- އޭ..އެސް.ޕީ ނެޓް، ވީ.ބީ ނެޓް ނުވަތަ ސީނެޓް އަށް ފަރިތަވުން އަދި އެޕްލިކޭޝަންތައް ތަރައްޤީކުރުމުގެ ކަންކަންކުރުމުގެ ޤާބިލުކަންހުރުން.
- ބިޒްނަސް މެނޭޖްމަންޓްގެ އުސޫލުތައް އެނގުމާއި އެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
- ވެބް ސަރވަރތަކާއި އޮޕަރޭޓްކުރާ ސިސްޓަމްތައް އަޕްގްރޭޑްކޮށް މެއިންޓެއިން ކުރުމާއި ބެލެހެއްޓުމުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- އެމް.ވައި އެސް.ކިއު.އެލް ނުވަތަ އެމް.އެސް އެސް.ކިއު.އެލް ސަރވާރގެ ޑޭޓާބޭސް މޭނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- މި މަސައްކަތުގައި ދިމާވާ މައްސަލަތައް ދިރާސާކޮށް ހައްލުކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
- ކުންފުންޏަށް ބޭނުންވާ އައު ސޮފްޓްވެއަރތައް މެނޭޖްކޮށް އަދި ބޭނުން ކުރަމުންގެންދާ ސޮފްޓްވެއަރތައް ތަރައްޤީކޮށް ބެލެހެއްޓުން އަދި ކުންފުނީގެ އިންޓްރާނެޓާއި ކޯޕަރޭޓް ވެބްސައިޓް ތަރައްޤީކުރުމުގެ އެންމެހައި މަސައްކަތް މެނޭޖްކުރުން.
- ކުންފުނީގެ ވެބް ޕޯރޓްފޯލިއޯގެ އެޑްމިނިސްޓްރޭޝަން މަސައްކަތް ދުވަހުން ދުވަހަށް ކުރުން، މިކަމުގައި ދިމާވާ މައްސަލަ ބަލައި ދިރާސާކޮށް ލަފާ ދިނުން އަދި ކުރާ ކަންކަމުގެ ފެންވަރު ޤާއިމުކޮށް ދަމަހައްޓައި އަދި މިކަމާ ބެހޭ ރިޕޯޓު ތައްޔާރުކުރުން.
މަޤާމު: އޮޕަރޭޓަރ (ބަސް/ވޭން)
ބޭނުންވާ އަދަދު: 03
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް
ޢަސާސީ މުސާރަ ރޭންޖް: 5،500.00ރ.
ސާރވިސް އެލަވަންސް: 1،000.00ރ.
އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ބަސް ސަރވިސް/ ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް
ޝަރުޠު:
- BO ނުވަތަ B2 ލައިސަންސް ލިބިފައިވުން.
- މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ބަސް އޮޕަރޭޓްކޮށް އަދި ޓްރާސްޕޯޓްގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.
މަޤާމު: އެސިސްޓަންޓް މެޓީރިއަލް މެނޭޖްމަންޓް އޮފިސަރ
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައި ވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ސެކްޝަން: ޕްރޮކިއޯމަންޓް ޑިޕާޓްމަންޓް
ޢަސާސީ މުސާރަ: 5،500.00ރ.
ސަރވިސް އެލަވަންސް: 1،000.00ރ.
އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮކިއުމަންޓް ޑިޕާޓްމަންޓް/ ހ.ސޯމިލް
ޝަރުޠު:
- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އޯ ލެވެލް
- މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- އިނގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- މައިކްރޮސޮފްޓް އް އެކްސެލް އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
- އޮފީހުގެ މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގައި ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ސަޕްލައިއަށް ބޭނުންވާ ތަކެތި ހޯދުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމާއި މިކަމާބެހޭ އިދާރީ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުން.
މަޤާމު: މެކޭނިކް (މެރިން)
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް
ޢަސާސީ މުސާރަ: 5500.00ރ.
ސަރވިސް އެލަވަންސް: 1،000.00ރ.
ޓެކްނިކަލް އެލަވަންސް: 1،500.00ރ.
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެޑިއުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40
އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/ މާލެ ފެރީ ޓަރމިނަލް ނުވަތަ ޑިޕާޓްމަންޓުން އަންގައި ތަނެއްގައި - ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް
ޝަރުޠު:
- ޑިޕްލޮމާ/އެޑްވާންސްޑް ސެޓްފިކެޓްއިން މެކޭނިކަލް އިންޖިނިއަރިންގ (މެރިން)
- މަދުވެގެން 2 އަހަރު ގެ މެރިން އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހައި މަސައްކަތްކުރުން ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް މަސައްކަތް ނިންމުން.
މަޤާމު: މެކޭނިކް (އޮޓޯމޮބައިލް / ހައިޑްރޯލިކް)
ބޭނުންވާ އަދަދު: 02
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައި ވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާރޓްމަންޓް: ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް
ޢަސާސީ މުސާރަ: 5،500.00ރ.
ސަރވިސް އެލަވަންސް: 1،000.00ރ.
ޓެކްނިކަލް އެލަވަންސް: 1،500.00ރ.
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެޑިއުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40
އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/ މާލެ ނުވަތަ ވިލިނގިލި/ މާލެ ފެރީ ޓަރމިނަލް ނުވަތަ ޑިޕާޓްމަންޓުން އަންގައި ތަނެއްގައި - ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް
ޝަރުޠު:
- ޑިޕްލޮމާ/ އެޑްވާންސްޑް ސެޓްފިކެޓްއިން ހައިޑްރޯލިކް ނުވަތަ އޮޓޯމޮބައިލް މަދުވެގެން 02 އަހަރުގެ މެރިން އިންޖީނު މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހައި މަސައްކަތްކުރުން ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް މަސައްކަތް ނިންމުން.
ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މާރިޗު 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މި ތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.
ފެކްސް ނަންބަރު: 3323221
އީމެއިލް: [email protected]
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.)
- މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
- އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.