ޢާންމު މަޢުލޫމާތު
ނަންބަރު: WDC(4)/IUL/2023/02
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 08 ނޮވެންބަރު 2023 12:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އ.ތ.މ ކޮމިޓީގެ ފަރާތުން ހިންގާ ގޭގައި ހިފާ ގެންގުޅޭ ކަރަންޓް ސާމާނު މަރާމާތު ކުރުމުގެ ބޭސިކް ކޯހުގެ ބައިވެރިން ހޯދުމަށް

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން 2023 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޯސް ތަކުގެ ތެރެއިން ގޭގައި ހިފާ ގެންގުޅޭ ކަރަންޓް ސާމާނު މަރާމާތު ކުރުމުގެ ބޭސިކް ކޯހުގެ ބައިވެރިން ހޯދުމަށް

         އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސިޓީގެ އަންހެން ކަނބަލުންނަށް ފަސޭހަ ކަމާއެކު ކަރަންޓް ސާމާނަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލު ކުރަން އެނގުމާއި، ކަރަންޓް ޙަރަދު ކުޑަގޮތެއްގައި  ބޭނުން ކުރަން އެނގުމާއި، ރަައްކާތެރި ގޮތުގައި ކަރަންޓް ބެނުން ކުރަން  ދަސްކޮށް ދިނުމުގެ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައި އައްޑޫސިޓީގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ބޭސިކް ކަރަންޓު ކޯހެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

         މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  3 ކުލާހަކަށް ބަހާލެވިގެންނެވެ. އެއީ ހިތަދޫ އެއް ކުލާސް، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އެއް ކުލާސް އަދި ހުޅުމީދޫ އެއް ކުލާހެވެ.އަދި މި ކޯހުގެ މުއްދަތަކީ 5 ދުވަހެވެ.

         ވީމާ، މި ކޯހުގައި ބައިވެރިވުމަށް  ޝައުގުވެރިވާ ފަރާތްތަކުން 02 ނޮވެމްބަރ 2023 އިން 8 ނޮވެމްބަރ 2023 ގެ 12:00 ގެ ކުރިން ކޯހުގައި ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރަށް 9336787 އަށް ގުޅުއްވުން އެދެމެވެ.

17 ރަބިއުލް އާޙިރު 1445

01 ނޮވެމްބަރ 2023

01 ނޮވެންބަރު 2023