ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-A/1/2015/21
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 17 މާރިޗު 2015 14:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލީގަލް އެއިޑް ކޮންސަލްޓަންޓް

އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް އެއިޑްގެ މަސައްކަތަށް ކޮންސަލްޓަންޓަކު ހޯދުން

ލީގަލް އެއިޑަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތެއްކޮށްދޭނެ ކޮންސަލްޓަންޓަކު އެޓަރނީ ޖެނެރަލްގެ އޮފީހަށް ބޭނުންވެއެވެ.

މަޤާމުގެ ނަން:       ލީގަލް އެއިޑް ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:      1 (އެކެއް)

އުޖޫރަ (މަހަކަށް):     -/25،000 (ފަންސަވީސް ހާސް) ރުފިޔާ

މުއްދަތު:          1 (އެކެއް) އަހަރު ދުވަސް

ފެންވަރު ނުވަތަ ޝަރުޠުތައް:        

  • ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ސަނަދެއް ހާސިލުކޮށްފައިވުން. (މިދާއިރާއިން ޕޯސްޓްގްރެޖުއޭޓް ސަނަދެއް އޮތް ފަރާތްތަކަށް އިސްކަންދެވޭނެ)
  • ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ އޮތުން.
  • ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓާއި، މަތީ މަރުޙަލާގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އޮތުން.
  • މަސައްކަތަށް ބޭނުންވާ މިންވަރަށް މައިކްރޯސޮފްޓް ވަރޑް، އެކްސެލް، އަދި އެނޫންވެސް ކޮމްޕިޔުޓަރާގުޅޭ އެހެނިހެން ހުނަރުތައް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތާބެހޭ މަޢުލޫމާތު:

  • ލީގަލް އެއިޑަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤީ މަރުހަލާއާއި ޝަރުޢީ މަރުޙަލާތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ލީގަލް އެއިޑްގެ މައްސަލަތަކާ ގުޅިގެން މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ކަމާބެހޭ ކޯޓުތަކުންނާއި އިދާރާތަކުން ހޯދުމާއި، ކުރަންޖެހޭ އެންމެހައި ދިރާސާތައް ކުރުމާއި، އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ދާންޖެހޭ ތަންތަނަށް ދިޔުމާއި، މުވައްކިލުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއި ދިފާޢުކޮށްދިނުމާއި، އަދި މައްސަލައާ ގުޅިގެން ކުރަންޖެހޭ މިނޫންވެސް އެންމެހައި ކަމެއް، އެކަމެއް ކުރުމަށް ކަނޑައަޅާފައިވާ ވަގުތަކަށްކޮށް ނިންމުން.
  • ލީގަލް އެއިޑްގެ މައްސަލަތަކުގެ މަސައްކަތް ހިމެނޭ މަރުޙަލާގައި ކުރަންޖެހޭ ކަންކަން ކުރަންޖެހޭ ތާރީޚާއި ވަގުތާއި އަދި އެކަންކަމުގެ ޙާލަތު އެނގޭނެ ސްޓޭޓަސް ރިޕޯޓު ކޮންމެ މަހަކު ތައްޔާރުކޮށް ނިންމުމާއި، އޮފީހުގެ މެނޭޖްމަންޓަށް ހުށަހެޅުން.
  • ލީގަލް އެއިޑްގެ މައްސަލަތަކުގައި މުވައްކިލުގެ މަޞްލަޙަތު ހިމާޔަތްކުރުމަށް ތެދުވެރިކަމާއި، ފަރުވާތެރިކަމާއި، ޒިންމާދާރުކަމާއި މުޙްތަރިފުކަމާއެކު މަސައްކަތް ކުރުމާއި، މައްސަލައާބެހޭ މަޢުލޫމާތުތައް އެއްވެސް ފަރާތަކަށް ހާމަނުކުރުމާއި، މައްސަލަތަކާއި އެ މައްސަލަތަކާ ގުޅިގެން ލިބޭ މަޢުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުން.

މަސައްކަތްކުރާނެ ފަރާތެއް ހޮވުން:

މި މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތެއް ހޮވާނީ، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެދެންވީ ގޮތާއި ސުންގަނޑި:

މި މަސައްކަތްކުރުމަށް އެދޭ މަތީގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އަންނަނިވި ލިޔެކިޔުންތައް އެޓަރނީ ޖެނެރަލްގެ އޮފީސް (ވެލާނާގެ، 6 ވަނަ ފަންގިފިލާ) އަށް ހުށަހެޅުމަށް ދަންނަވަމެވެ.

  • މަސައްކަތްކުރުމަށް ޝައުޤުވެރިވާކަން ފާޅުކޮށް މަސައްކަތަށް ކުރިމަތިލާ ފަރާތުގެ ކަވަރިން ލެޓަރ
  • މަސައްކަތަށް ކުރިމަތިލާ ފަރާތުގެ ސީވީ ނުވަތަ ރެޒުމޭ
  • އެކްރެޑިޓްކުރެވި، އެޓެސްޓުކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ފޮޓޯކޮޕީ
  • ބެޗެލަރސް ޑިގްރީގެ ޓްރާންސްކްރިޕްޓް ނުވަތަ ނަތީޖާ ކަރުދާހުގެ ފޮޓޯކޮޕީ
  • މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ ނުވަތަ މަސައްކަތުގެ ތަޖުރިބާ އެނގޭފަދަ ރިފަރެންސް ލެޓަރސް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ

މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުން އެދެމެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015