މަޤާމު:
|
ކޯޓު އޮފިސަރ
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ރޭންކް
|
ޖީ.އެސް 3
|
މުސާރަ:
|
-/4،465 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/1،500 ރުފިޔާ
|
ލިވިންގ އެލަވަންސް:
|
-/2,550 ރުފިޔާ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:
|
ލ. މާބައިދޫ މެޖިސްޓްރޭޓް ކޯޓު
|
ތަޢުލީމާއި ތަޖުރިބާ:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑު ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި، މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
|
- ކޯޓުގައި ޝަރީޢަތް ހިނގަމުން ދާއިރު ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލިސްގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ އެކަމެއް ހުއްޓުވުން
- ކޯޓަށް ހާޒިރުރުކޮށްފައި ތިބޭ މީހުން ކޯޓުތެރޭގައި ނޭދެވޭ ޢަމަލެއް ހިންގާތޯ ބެލުމާއި، ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް އަޑުގަދަކޮށް ހަދާނަމަ އެކަން ހުއްޓުވުން.
- ކޯޓަށް ހާޒިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ހާޒިރުވުމުގެ އަމުރު) ތައްޔާރުކުރުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމުރު ރައްދުވެފައިވޭތޯ ބެލުމާއި ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުނުވާ މީހުންނާ ފިލައިގެން އުޅޭ މީހުންގެ ގޭގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ތަތްކުރުން.
- ޝަރީއަތުގެ މަޖިލީސް ތައްޔާރުކުރުމުގެ މަސައްކަތް ސުޕަވައިޒްކުރުމާއި، ޝަރީޢަތުގެ މަޖިލިހަށް މީހުން ވެއްދުން (މެޖިސްޓްރޭޓްގެ ހުއްދައާއެކު)
- ކޯޓުތެރޭގައި މުވައްޒަފުންގެ މެދުގައި ހިނގާ ދެބަސްވުންތައް ހުއްޓުވައި، ތަނުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް މުވައްޒަފުންގެ ޢަމަލުތައް ހުރެއްޖެނަމަ އެކަމެއް ހުޢްޓުވައި، މަޞްލަޙަތު ޤާއިމުކުރަން މަސައްކަތްކުރުން އަދި މިކަން މެޖިސްޓްރޭޓްގެ ސަމާލުކަމަށް ގެނައުން.
- ކޯޓު އަމުރުގައިވާ ގަޑިއަށް ހާޒިރުނުވާ މީހުން ޖުރިމަނާކުރުމާއި ޖުރިމަނާ ޗިޓު ތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން.
- ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިޔުމާއި ޓައިޕްކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް އެދޭ ފަރާތްތަކަށް ރިޕޯޓު ދޫކުރުމުގައި އެހީތެރިވެދިނުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ވަރިކައިވެންޏާ ބެހޭ މައްސަލަތަކާއި އެގްރިމެންޓް ރަޖިސްޓަރީ ކުރުމުގެ ފޯމު ބަލައިގަނެ، މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުމުގައި އެހީތެރިވެދިނުން.
- މީގެ އިތުރުންވެސް ކޯޓުގެ ވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:
|
12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00ގެ ކުރިން ، 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރެއްވުމަށްފަހު މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- ޖުޑީޝަލް އެލަވަންސާއި އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހުގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމު (މިފޯމު މެޖިސްޓްރޭޓް ކޯޓުތަކުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.justice.gov.mv އިން ލިބެން ހުންނާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ
- ވަޒީފާއެއްގައި އުޅެފައިވާނަމަ އެވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުން.
|
އެހެނިހެން ކަންތައްތައް
|
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމާއެކު އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައިނުވާ ލިޔުން ހުށަހަޅުއްވާނަމަ އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.
|