ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-ENV/438/2023/490
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:04
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ފެލިދެއަތޮޅު (ވ. އަތޮޅު) ތުނޑުހުރާ ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖެއްސުން

ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއާ ހަވާލާދީ މި މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން 01 ނޮވެންބަރު 2023 އިން ފެށިގެން ވ. ތުނޑުހުރާއަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސައި މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ ގަވާއިދު ނަންބަރު: 2018/R-78 (ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތިންނެވެ. މިސަރަހައްދުތަކާބެހޭ އިތުރު ތަފްޞީލް ތިރީގައި ބަޔާން ކޮށްފައިވާނެއެވެ.

01 ނޮވެންބަރު 2023