ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)305-ME305/305/2015/27
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 15 މާރިޗު 2015 10:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތާޅަފިލި ސިސްޓަމެއް ސަޕްލައިކުރުމާ ގުޅޭ

ރ. މާކުރަތު ކައުންސިލްގެ އިދާރާއަށް ތާޅަފިލި ސިސްޓަމެއް ސަޕްލައިކުރުމާ ގުޅޭ

ރ.މާކުރަތު ކައުންސިލްގެ އިދާރާއަށް ތާޅަފިލި ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭގޮތުން ދެވަނަ ފަހަރަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: IUL)305-ME305/305/2015/20)ފ(17 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ރ. މާކުރަތު ކައުންސިލްގެ އިދާރާއަށް ތާޅަފިލި ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 މާރިޗު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހަކުކަން އަންގައިދިނުމަށް ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17 ޖުމާދަލްއޫލާ 1436

08 މާރިޗު 2015