ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-CA/251/2023/82
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 22:25
ސުންގަޑި: 14 ނޮވެންބަރު 2023 12:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ބަނދަރުން ވައިލެޓް 15 އެވެ ކިޔުނު ބިން ތެލުގެ ވިޔާފާރި ކުރުމަށް ކުއްޔަށް ދޫކުރުން

ހއ. ދިއްދޫ ބަނދަރުން ވައިލެޓް 15 އެވެ ކިޔުނު ބިން ތެލުގެ ވިޔާފާރި ކުރުމަށް ކުއްޔަށް ދޫކުރުން

 

ހއ ދިއްދޫ ބަނދަރު ސަރަހައްދުން ވައިލެޓް 15 އެވެ ކިޔުނު ބިން 15 އަހަރު ދުވަހުގެ މުއްދަތަށް ތެލުގެ ވިޔަފާރި ކުރުމަށް، ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ.

 

  1. 1.        ކުއްޔަށް ދޫކުރެވޭ ހުސް ބިމުގެ ތަފްޞީލު

 

ބިމުގެ ނަން

ޖުމްލަ އަކަފޫޓް

ވައިލެޓް 15

1400

 

 

  1. 2.        ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

  

(ހ)   މި ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ  ހއ ދިއްދޫ ބަނދަރުގައި ހުރި ހުސް ބިންތައް ކުއްޔަށް ދޫކުރުމުގެ މި ކައުންސިލުން އެކުލަވާލާފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާގޮތަށެވެ.

 (ށ)   މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރާފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 1 ނޮވެންބަރު 2023 ވާ ބުދަ ދުވަހުން ފެށިގެން 14 ނޮވެންބަރު 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 12:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއަށެވެ.

(ނ)  ޕްރޮޕޯސަލް ހުށަހަޅާނީ މި ކައުންސިލުން ޢާންމުކޮށްފައިވާ ޕްރޮޕޯސަލް ހުށަހަޅާނެގޮތުގެ ނަމޫނާ އާ އެއްގޮތަށް، އެ ނަމޫނާގައި ބަޔާންކޮށްފައިވާ މުހިއްމު ބައިތައް ހިމަނައިގެންނެވެ. އަދި މަޢުލޫމާތު ކަރުދާހުގެ ޖަދުވަލް 1 ގައި ހިމަނާފައިވާ ލިޔުންތައް ޕްރޮޕޯސަލްއާ އެކު ހުށަހަޅަންވާނެއެވެ.

 (ބ)   ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 21 ނޮވެންބަރު 2023 ވާ އަންގާރަ ދުވަހުގެ 10:00 ގައި ވައިލެޓް 11 (ރަހަ ކެފޭއާ އިންވެގެން ހުރި އިމާރާތް) އެވެކިޔާ އިމާރާތުގައެވެ. އަދި ޕްރޮޕޯސަލްތައް ބަލައިގަންނާނީ ޕްރޮޕޯސަލް ހުށަހަޅާފަރާތްތައް ނުވަތަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ބިން ކުއްޔަށް ދޫކުރުމުގެ ގޮތުން މި އިދާރާއިން ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ކަރުދާހާއި، އެ ބިންތައް އޮންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު ޢާއްމު ކުރީމެވެ.

16 އޮކްޓޫބަރު 2023