ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމް : |
މޭލް ކްލިއަރަންސް އޮފިސަރ |
ބޭނުންވާ އަދަދު: |
02 (ދޭ) |
|
މުސާރައާއި އެލަވަންސް: |
1. މުސާރަ: މަހަކު -/6000 ރުފިޔާ ( ހަ ހާސް ރުފިޔާ) 2. ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ ( ތިން ހާސް ރުފިޔާ) 3. ޑެއިލީ އެލަވަންސް: ގަވައިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ ) 4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|||
އޮފީސް : |
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް |
ޔުނިޓް : |
މޭލް އޮޕަރޭޝަންސް ޑިވިޜަން |
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: |
· ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ, · އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން |
|||
މަޤާމްގެ މަސްޢޫލިއްޔަތުތައް |
· އޮފީސްތެރޭގައި ކުރަންޖެހޭ މޭލްގެ މަސައްކަތް ކުރުން · އެއަރޕޯރޓުން މޭލް ގެނައުމާއި އެއަރޕޯރޓަށް އަދި ޕޯސްޓް އައުޓްލެޓްތަކަށް މޭލް ގެންދިއުން · ކަނޑުދަތުރުކުރާ އުޅަދުތަކަށް މޭލް ގެންދިއުން |
|||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
· ކުރެވޭ އިންޓަރވިއު އިން ފާސްވުން · ދިވެހިބަހާއި އިގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގޭ މީހެއްކަމުގައިވުން · ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން · ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ސިއްހަތެއްގެ ހުރި މީހެއްކަމުގައިވުން · ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން. މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|||
ރަސްމީ މަސައްކަތު ގަޑި |
· ހެނދުނު 08:00 އިން ހަވީރު 4:00 އަށް. ( ހޮނިހިރު – ބުރާސްފަތި ) |
|||
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް |
· ވަޒީފާއަށްއެދޭ ފޯމް · ވަނަވަރު (ސީވީ) · އައިޑީ ކާޑުގެ ކޮޕީ · ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް) · ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ) **އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. · **ވަކިވަކި ޑޮކިއުމެންޓްތައް ފޮނުވަންވާނީ އެއްޑޮކިއުމެންޓެއްގެ ގޮތުގައެވެ. އެނޫންގޮތަކަށް ފޮނުވާ ޑޮކިއުމެންޓްއެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
|||
ސުންގަޑި: |
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 06 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ ހަވީރު 4:00ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 06 ނޮވެމްބަރ 2023 ވާ ހޯމަ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
|||
އިންޓަވިއު: |
· އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
|||
ވަޒީފާއަށް އެދޭނެ ގޮތް |
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. https://www.maldivespost.com/media/downloads/job-application-form |
|||
އިތުރު މަޢުލޫމާތު: |
· މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ. · މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009-273ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |