ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-2B/426/2023/470
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:13
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބާތިލުކުރުން

އިޢުލާން


ހިތަދޫ "އަލި" އަދި "އަލިކުރި"  ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ
ބާތިލުކުރުން.

 

 25އޮކްޓޫބަރު 2023 ވަނަދުވަހު މިއިދާރާއިން ހިތަދޫ "އަލި" އަދި "އަލިކުރި" މިދެގޯއްޗަށްކުރިން ހަދާދީފައިވާ ރަޖިސްޓަރީގެ މިންތަކަށް ބަދަލުއައުމާއި ގުޅިގެން އަލުން އެދެގޯއްޗަށްވަނީ ރަޖިސްޓަރީ ހަދާދީފައެވެ. މިގޮތުން މިދެރަޖިސްޓަރީގެ އަޞްލު މި އޮފީހާއި ޙަވާލުކޮށް އިޞްލާޙުކުރެވުނު ރަޖިސްޓްރީތަކާއި ޙަވާލުވުމަށް މި އޮފީހުގެ ނަންބަރު(MISL)426-2B/INDIV/2023/261  ސިޓީއިން އެންގި އެންގުމާއެއްގޮތަށް މި ގޯތިތަކުގެ ވެރިފަރާތުން ޢަމަލުކޮށްފައިނުވާތީ، ހިތަދޫ "އަލި" އަދި "އަލިކުރި" މިދެގޯއްޗަށް ކުރިން ހަދާދީފައިވާ ރަޖިސްޓްރީތަކުގެ އަޞްލު މި އޮފީހާއި ޙަވާލުކޮށް، އަލަށް ހެދުނު ރަޖިސްޓްރީތަކާއި ޙަވާލުވުމަށް ވެރިފަރާތަށް އަންގަމެވެ.

           އަދި ހިތަދޫ "އަލި" ގޯއްޗަށް 06 އޮކްޓޫބަރު 2005 ގައި ހަދައިދީފައިވާ ނަމްބަރު 1785 ޢިމާރާތާއި ގޯތި ރަޖިސްޓަރީއާއި ހިތަދޫ "އަލިކުރި" ގޯއްޗަށް 20 ޖުލައި 2008 ގައި ހަދައިދީފައިވާ 1829 ޢިމާރާތާއި ގޯތި ރަޖިސްޓަރީ މިއަދުން ފެށިގެން ބާޠިލުކުރެވިފައިވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ރަބީޢުލްއާޚިރު  1445

31 އޮކްޓޫބަރު  2023   

31 އޮކްޓޫބަރު 2023