ދިވެހިރާއްޖެ
މަސްޖިދުލް އައްވާބުގެ ފުރާޅުގެ ޝީޓުން ފެން ލީކުވުން ހުއްޓުވުމަށްޓަކައި ޝީޓުގެ މަތީގައި ކޮންކްރީޓް ޝީޓެއް އަޅައި އަދި އެއާގުޅޭ ބައެއް އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މި އިދާރާއިން ކުރި އިޢުލާނު ނަންބަރު (IUL)247-CA/247/2023/125 (15 އޮކްޓޯބަރ 2023 ) އާއި ގުޅިގެން ކުރިމަތިލީ ފަރާތުން ހުށަހަޅާފައިވާ އަގު ބޮޑު ކަމަށް ފެންނާތީ އާއި ބިޑު ހުށައަޅާފައިވަނީ އެންމެ ފަރާތެއް ކަމަށްވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރަމެވެ.
ވީމާ، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
# |
ޙަރަކާތް |
ތާރީޚް |
ސުންގަޑި |
ތަން |
1 |
މަޢުލޫމާތު ދިނުމުގެ ސެޝަން |
06 ނޮވެމްބަރ 2023 (ހޯމަ) |
13:00 |
ހޯރަފުށީ ކައުންސިލްގެ އިދާރާ |
2 |
އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން |
09 ނޮވެމްބަރ 2023 (ބުރާސްފަތި) |
13:00 |
ހޯރަފުށީ ކައުންސިލްގެ އިދާރާ |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012/6500026 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.