މަސައްކަތް
ނަންބަރު: (IUL)426-EB/426/2015/27
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 12 މާރިޗު 2015 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީތަކުން ނަގާ ކުނި، ކުނިކޮށްޓަށް ޖަމާކޮށްދޭނެ ފަރާތެއް ހޯދުން

އައްޑޫސިޓީގެ ގޭބިސީތަކުން ނަގާ ކުނި، ކުނިކޮށްޓަށް ޖަމާކޮށްދޭނެ ފަރާތެއް ހޯދުން

އައްޑޫސިޓީގެ ގޭބިސީތަކުން ނަގާކުނި، ކުނިކޮށިތަކަށް ޖަމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ކުނިކޮށިތައް މިހާރު ޤާއިމުކުރެވިފައިވަނީ ހުޅުމީދޫ އަވަށުގައާއި ރުއްޖެހެރައިގައެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 މާރިޗު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ކޮންމެ ތަނަކަށް ވަކި ހުށަހެޅުމެކެވެ.  

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލުގައާއި މީދޫއަވަށުއޮފީހުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސްހޯލަށާއި މީދޫއަވަށުއޮފީހަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކައާއި މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

27 ޖުމާދަލްއޫލާ 1436

04 މާރިޗު 2015