ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)475-Schol/475/2023/21
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 03 ނޮވެންބަރު 2023 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Bahria University Scholarship 2024

Bahria University Scholarship 2024

 

ޕާކިސްތާނުގެ ބަހްރިއާ ޔުނިވަރސިޓީ އިން ހިންގާ އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ކޯސްތަކުގައި އަމިއްލަ ޚަރަދުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށްވަނީ ހުޅުވަލާފައެވެ. މިގޮތުން ހުޅުވާލާފައިވާ ދާއިރާތަކަކީ ބިޒްނަސް ސްޓަޑީޒް، ކޮމްޕިއުޓަރ ސައިންސް، އާރތް އެންޑް އެންވަޔަރމަންޓަލް ސައިންސަސް، ހިއުމިނިޓީސް އެންޑް ސޯސަލް ސައިންސަސް، އިސްލާމިކް ސްޓަޑީޒް، ލޯ، މެރިޓައިމް ސްޓަޑީޒް، ސައިކޮލޮޖީ، މީޑިޔާ ސްޓަޑީޒް،އަދި މެނޭޖްމަންޓް ސައިންސް އެވެ.

 

މި ފުރުޞަތުގެ ދަށުން ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ދަރިވަރުން އަމިއްލައަށެވެ.

 

މިފުރުޞަތައް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބަހްރިޔާ ޔުނިވަރސިޓީގެ ފަރާތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް "އެމް.އެސް ޓީމް" ލިންކް މެދުވެރިކޮށް 3 ނޮވެމްބަރ 2023 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިސެޝަންގައި ބައިވެރިވުމަށް ތިރީގައިވާ ލިންކް ބޭނުން ކުރެއްވުން އެދެމެވެ.

Microsoft Meeting link: https://shorturl.at/mCGNR

 

ވީމާ، މި ފުރުޞަތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްގެ ކުރިން ވެބްލިންކް މެދުވެރިކޮށް އޮންލައި އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

 

University Name

Date

Islamabad & Lahore Campus

24.12.2023

For Karachi Campus Only

28.12.2023

 

 

 

 

 

Web-link: https://www.bahria.edu.pk/isa

      For more information email: [email protected]

...............................................................................................................................................................

*  މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

31 އޮކްޓޫބަރު 2023