ތަމްރީނު
ނަންބަރު: (IUL)28-PM-1/1/2023/294
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 09 ނޮވެންބަރު 2023 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ (ޔޫ.އެސް.އެން.އޭ) ކްލާސް އޮފް 2028

ކޯސް:

ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ (ޔޫ.އެސް.އެން.އޭ) ކްލާސް އޮފް 2028

ޖާގައިގެ ޢަދަދު:

06 (ހައެއް)

އިންސްޓިޓިއުޓް / ޤައުމު :

ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ / އެމެރިކާ

ކޯސް ފެށޭ ތާރީޚު:

ޖޫން 2024

މުއްދަތު:

4 އަހަރު

ކޯހުގެ ބާވަތް:

ނޭވީ

ކޯހުން ހާޞިލްވާ ތަޢުލީމީ ފެންވަރު:

ބެޗްލަރސް ޑިގްރީ

ކުރިއަށް ދެވިދާނެ ދާއިރާތައް

1. ކެމިސްޓްރީ

2. އެއޮރޯސްޕޭސް އިންޖިނިއަރިންގ

3. ކޮމްޕިއުޓަރ ސައިންސް

4. ސައިބަރ އޮޕަރޭޝަންސް

5. އިންފޮމޭޝަން ޓެކްނޮލޮޖީ

6. ސައިންސް

7. އިލެކްޓްރިކަލް އިންޖިނިއަރިންގ

8. އޯޝަނޮގްރަފީ

9. މެތަމެޓިކްސް

10. އިކޮނޮމިކްސް

11. އޮޕަރޭޝަންސް ރިސާރޗް

12. ޕޮލިޓިކަލް ސައިންސް

13. ނޭވަލް އާރކިޓެކްޗަރ

14. ފިޒިކްސް

  • މީގެ އިތުރުންވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާއިބެހޭ މަޢްލޫމާތު އެކެޑަމީގެ އޮފިޝަލް ވެބްސައިޓް http://www.usna.edu އިން ލިބިލައްވާނެ.

ޝަރުޠު:

  • 2024 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުން.
  • އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއްކަމުގައިވުން. (މިގޮތުން ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  • ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައިވުން.
  • ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)
  • ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގުއޭޖް (TOEFL) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަކުރެވިދާނެ ޓެސްޓެކެވެ.)

ސުންގަޑި:

މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު، 2023 ނޮވެންބަރު 09 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމު އެމް.އެން.ޑީ.އެފް (ބަންޑާރަކޮށި) އަށް ދުރުވެ ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމު ހުށަހަޅަން ދުރުވެ 9923148 ނަންބަރަށް ގުޅުއްވުންވެސް އެދެމެވެ. ނުވަތަ އެޕްލިކޭޝަން ފޯމް އެމް.އެން.ޑީ.އެފް ޓްރޭނިންގ ޑިޕާޓްމަންޓްގެ މެއިލް: [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ކޯހާއި ބެހޭ އިތުރު މަޢުލޫމާތު:

-          ކޯހާއިގުޅޭ އިތުރު މަޢުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓް http://www.usna.edu އިން ލިބިލައްވާނެއެވެ.

-          އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322607 (އެކްސްޓެންޝަން 2156)، ނުވަތަ 9923148 އަށް ގުޅުއްވުން އެދެމެވެ.

-          ކޯސް އެޕްލިކޭޝަން ފޯމު އެމް.އެން.ޑީ.އެފްގެ ވެބްސައިޓް (www.mndf.gov.mv) އިން ލިބެން ހުންނާނެއެވެ.

-          ކޯހަށް ހޮވޭ ފަރާތްތައް އެމް.އެން.ޑީ.އެފްގެ ވަޒީފާ ހަމަޖެއްސޭނެއެވެ.

 

 

15 ރަބީޢުލްއާޚިރު 1445

30 އޮކްޓޫބަރު 2023