މަސައްކަތް
ނަންބަރު: (IUL)10-F/1/2015/48
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 16 މާރިޗު 2015 11:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޓީޝާޓްތަކެއް ފަރުމާކުރަން

މިނިވަން 50 ގެ ލޯގޯ އާއި ޝިޢާރު ބޭނުންކޮށްގެން ޤައުމީ ކުލަތައް އެކުލެވޭގޮތަށް ޓީޝާޓްތަކެއް ފަރުމާކުރަން ބޭނުންވެއްޖެއެވެ. ޓީޝާޓްތައް ފަރުމާކުރާއިރު ޤައުމީދިދަ ހިމަނައި، މިނިވަން 50ގެޝިޢާރު އިނގިރޭސިބަހާއި ދިވެހިބަހުން ހިމަނަންވާނެއެވެ. ހުށަހަޅާ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ފަރުމާ ހޮވައި، ހޮވޭ ކޮންމެ ފަރުމާއަކަށް އިނާމެއްގެ ގޮތުގައި -/8000 (އަށްހާސް) ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 11:00އަށް މި މިނިސްޓްރީއަށް ވަޑައިގެން ފަރުމާތަކުގެ ހާޑްކޮޕީއާއި ސޮފްޓްކޮޕީ އަދި ހުށަހަޅާ ބޭފުޅެއްގެ އައި.ޑީ.ކާޑުގެ ކޮޕީވެސް ހުށަހަޅަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި " މިނިވަން 50 ގެ ޓީޝާޓް ފަރުމާކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

‏13 ޖުމާދަލްއޫލާ 1436

04 މާރިޗު 2015