ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)231-AH/231/2023/77
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 20 ނޮވެންބަރު 2023 14:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 30 ވަނަ ޤުރްއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލުން

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 30 ވަނަ ޤުރްއާން މުބާރާތުގައި ބައިވެރި ވުމުގެފުރުޞަތު ހުޅުވައިލުން

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 30 ވަނަ ޤުރްޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލަމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ޅ.އަތޮޅު ސުކޫލް މަދުރަސާތަކަށާއި، މުއައްސަސާތަކަށާއި (ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކުލާސްތައް އަދި ކްލަބް ޖަމްޢިއްޔާތައް) އަދި ޙާފިޡުންނަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، 2023 ޑިސެމްބަރ 14،15،16 މިދުވަސްތަކުގައި ޅ.ކުރެންދޫގައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 20 ނޮވެމްބަރ 2023 (ހޯމަ) ދުވަހުގެ 14:00 އެވެ.

އެޕްލިކޭޝަން ހުށަހެޅުން

  • މުބާރާތުގެ ޤަވާއިދު އަދި އެޕްލިކޭޝަން ފޯމް މިއިދާރާގެ ވެބްސައިޓްއިން ލިބިވަޑައިގަންނަވާނެއެވެ.
  • އެޕްލިކޭޝަންތައް، ހާރޑް ކޮޕީ ފޯރމެޓްގައި ހުށަހަޅުއްވާނީ، މިއިދާރާގެ ރިސެޕްޝަނަށެވެ.
  • އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައި [email protected] އަށް ކޮޕީ ކުރެއްވުން އެދެމެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620331 އަށް ގުޅުއްވުން އެދެމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

30 އޮކްޓޫބަރު 2023