ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-A/374/2023/47
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 11:54
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ބިން އަމިއްލަ ކުރުމުގެ އަގު ކަނޑައެޅުން

ފ. ނިލަންދޫން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ބިން އަމިއްލަ ކުރުމުގެ އަގު ކަނޑައެޅުން

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ޢާއްމުކޮށްފައިވާ ޤަވާޢިދު ނަންބަރު: 2022/R-181 "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު" ގެ 09 ވަނަ މާއްދާގެ (ހ) އިން ބިމުގެ އަގު ކަނޑައެޅުމަށް ކައުންސިލްތަކަށް ލާޒިމުކޮށްފައިވާތީ، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމަށްޓަކައި އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގެއްގެ ގޮތުގައި މިކައުންސިލުން ކަނޑައަޅާފައިވާ އަގަކީ އަކަފޫޓަކަށް -/75 (ހަތްދިހަފަހެއް) ރުފިޔާ އެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

30 އޮކްޓޫބަރު 2023