މަސައްކަތް
ނަންބަރު: (IUL)448/1/2015/23
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 15 މާރިޗު 2015 10:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ފުވައްމުލައް އެއަރޕޯޓްގެ ރަންވޭ ސްޓްރިޕް އޭރިއާގައި ހުރި ގަސްތަކާއި ވިނަތައް ކޮށައި ސާފުކުރުމަށް

ފުވައްމުލައް އެއަރޕޯޓްގެ ރަންވޭ ސްޓްރިޕް އޭރިއާގައި ހުރި ގަސްތަކާއި، ވިނަތައް ކޮށައި ސާފުކުރުމަށް ކުރެވުނު މިއޮފީހުގެ ނަންބަރު IUL)448/1/2015/8)ފ(17 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ މި އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، ފުވައްމުލައް އެއަރޕޯޓްގެ ރަންވޭ ސްޓްރިޕް އޭރިއާގައި ހުރި ގަސްތަކާއި، ވިނަތައް ކޮށައި ސާފުކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މާރިޗު 2015 (އާދީއްތަ) ދުވަހުގެ 10:00 އަށް ފުވައްމުލައް އެއަރޕޯޓް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 19 މާރިޗު 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް ފުވައްމުލައް އެއަރޕޯޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6868688 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015