ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2023/298 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
GSRF-PSM-PJ/2023/11 |
އިޢުލާން
- ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކުންފުންޏަށް ހދ. ކުޅުދުއްދުއްފުށިން ލިބިފައިވާ ބިމުގައި ޖެހުމައް ހަމަޖެހިފައިވާ 50 މީޓަރ ޓަވަރުގެ ފައުންޑޭޝަން ކުރެހުންތަކާއި، ޓްރާންސްމިޓިންގ ހަޓް ގެ ކުރެހުންތައް ޗެކްކުރުމައްފަހު އާކިޓެކްޗަރ އަދި ސިވިލް އިންޖިނިއަރ އެޕްރޫވްކޮށްފައިވާ ތައްގަޑުޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
1- ހދ. ކުޅުދުއްދުއްފުށީގައި ޖެހުމައް ހަމަޖެހިފައިވާ 50 މީޓަރުގެ ޓަވަރުގެ ފައުންޑޭޝަންގެ ކުރެހުންތަކާއި، ޓްރާންސްމިޓިންގ ހަޓް ގެ ކުރެހުންތައް ޗެކްކުރުމައްފަހު އާކިޓެކްޗަރ އަދި ސިވިލްއިންޖިނިއަރ އެޕްރޫވް ކޮށްފައިވާކަމަށް ތައްގަޑުޖެހުން.
2- ކުރެހުންތަކުގެ ކޮންމެ ގަޑެއްގައިވެސް އާކިޓެކްޗަރ އަދި ސިވިލް އިންޖިނިއަރ އެޕްރޫވްކޮށްފައިވާ ކަމަށް ތައްގަޑުޖަހާއި ސޮއި ކުރަންވާނެ.
3- އެޕްރޫވްކޮށް ތައްގަޑުޖެހުމަށްފަހު ޕީ.އެސް.އެމްއަށް ޙަވާލުކުރާ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަކްޗާއިން ދޭ އެންމެ ދިގު މުއްދަތެއް އިމާރަތް ކުރުމައް ލިބެންވާނެއެވެ.
4- ތައްގަޑުޖަހާއި އެޕްރޫވް ކުރާ އާކިޓެކްޗަރ އަދި ސިވިލް އިންޖިނަރއަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރއިން ހުއްދަލިބިފައިވާ ފަރާތްތަކަށްވާން ވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓަކްޗާއިން ހުއްދަ ލިބިފައިވާ ކަމުގެ ސެޓްފިކެޓް ކޮޕީ.
ވީމާ، ދީފައިވާ މަޢުލޫމާތާ އެއްގޮތައް މިކަންކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 12:00 ކުރިން ދީފައިވާ މެއިލް އަށް ކޯޓޭޝަން ފޮނުއްވުމަށް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ މެއިލްއަށް 01 ނޮވެމްބަރ 2023 ގެ 12:00 ގެ ކުރިން ފޮނުއްވުން އެދެމެވެ.
ކޯޓޭޝަން މެއިލްކުރާނީ: [email protected]