ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2023/112
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 07 ޖަނަވަރީ 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހުގައި ދޫކޮށްފައިވާ ގޯތިތަކުގެ މިންހަމަކުރުމާއި ގުޅޭ

ގދ. އަތޮޅު އޮފީސް ޒަމާނުގައި،  އަތޮޅު އޮފީހުން ގައްދޫގައި ބިމާއި ގުޅޭގޮތުން ހިންގި މުޢާމަލާތުތަކުގެތެރެއިން ގައްދޫ ދިރާގު އޮޕަރޭޝަން ސެންޓަރ ޤާއިމްކުރުމަށްޓަކައި ބޭނުންވާ ބިން ހަމަޖެއްސުމަށް ބަދަލުކުރެވުނު ބަންޑާރަ ގޯތިތަކާއި އަދި އެއްގަމާއި މޫދުން ބައެއް ހިމެނޭހެން މިންހަމަކޮށް އިންކަނޑައި ކަންމުޑިއަޅައި ދެވުނު ނުވަތަ އެއްގޯތިން އެނެއް ގޯއްޗަށް ބަދަލުކުރެވުނު ބަންޑާރަ ގޯތިތަކުގެ ހަމަ މިންތައްކަމަށް ގޯތިތަކުގެ ބިންވެރިން ބުނާ މިންތަކާއި، އޭރުގައި އަތޮޅު ނުވަތަ ރަށު އޮފީހުން ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީގެ މިންތަކާއި ތަޢާރުޟުވާކަމުގެ ޝަކުވާތަކަށް ތިރީގައިވާ އުޞޫލުން  ތަޙުޤީޤުކޮށް ބެލުމަށް މިކައުންސިލުން ނިންމާފައިވާތީ ދަންނަވަމެވެ.

ގޯތިތަކުގެ މިންތަކާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ތަޙުޤީޤުކުރުމަށްފަހު ތަންފީޒުކުރެވިގެންދާނީ، ކައުންސިލާއި އެނޫންވެސް ސަރުކާރުގެ ރަސްމީ އިދާރާއެއްގައި ހުރި އެކަމަށް ބުރަދަންދޭ ކިތާބީ ހެކިތަކުގެ މައްޗަށް ރިޢާޔަތްކޮގެން ކަމުގައިވާތީ މައްސަލަތައް ހުށަހެޅުމުގައި އެމުޢާމަލާތެއް ހިނގާފައިވާ އަހަރާއި، އެމުއާމަލާތުގައި ހިމެނޭ މީހުންގެ މަޢުލޫމާތާއި އަދި މިނޫންވެސް ކަމުގެ ތަފްޞީލީ މަޢުލޫމާތު ހިމެނުމަކީ މުހިންމު ކަމެއް ކަމުގައި ދަންނަވަމެވެ.

އެހެންކަމުން ދެންނެވުނު ދާއިރާގެ ތެރޭގައިހިމެނޭ އިހުގެ ގޯތިތަކުގެ މިންތަކާއި ގުޅޭގޮތުން  ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން  2024 ޖެނުއަރީ 7 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ރަސްމީކޮށް  މައްސަލައިގެ ފުރިހަމަ ތަފްޞީލާއިއެކު ޝަކުވާގެ ސިޓީ، ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީ އަދި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ހީރަސްކޮށް ކައުންސިލަށް ހުށަހެޅުމަށް އަންގައި ޢާންމުކޮށް އިޢުލާންކުރީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 އޮކްޓޯބަރު 2023

29 އޮކްޓޫބަރު 2023