މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2015/021
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 16 މާރިޗު 2015 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް ބައެއް ޢިމާރާތްކުރުމާ ބެހޭ

ގއ. ކަނޑުހުޅުދޫގެ އިންޖީނުގޭގެ ގޯތީގައި އަލަށް އޮފީސް ބައެއް ޢިމާރާތްކުރުމާ ބެހޭ

ގއ. ކަނޑުހުޅުދޫ އިންޖީނުގޭގެ ގޯތީގައި އަލަށް ޢިމާރާތްކުރާ އޮފީސް ޢިމާރާތުގެ މަސައްކަތް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތުޝީޓު ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި ހެނދުނު 08:00 ން 16:00 އަށް މި ކުންފުނީގެ ހެޑްއޮފީހުންނާއި (ޕޯޓް ކޮލްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަދި ތިރީގައިވާ ބްރާންޗްތަކުން ލިބެން ހުންނާނެއެވެ. މަޢުލޫމާތުޝީޓުގައި ކުރަންހުރި މަސައްކަތްތަކުގެ އަންދާސީހިސާބު 16 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކުންފުނީގެ ހެޑްއޮފީހަށް ނުވަތަ ގއ. ކަނޑުހުޅުދޫ ބްރާންޗް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި މާކްސް ދެވޭނެ މިންގަނޑު ތިރީގައި މިވަނީއެވެ.

  • އަގު: 70 މާކްސް
  • މަސައްކަތް ނިންމާ މުއްދަތު: 20 މާކްސް
  • މަސައްކަތުގެ ތަޖުރިބާ: 10 މާކްސް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

ބްރާންޗްތައް:

  • ގއ. މާމެންދޫ
  • ގއ. ކޮލަމާފުށި
  • ގއ. ދެއްވަދޫ
  • ގއ. ދާންދޫ
  • ގއ. ވިލިނގިލި (ގއ.ރީޖަނަލް އޮފީސް)
  • ގއ. ކަނޑުހުޅުދޫ
  • ގއ. ގެމަނަފުށި
  • ގއ. ކޮނޑޭ
  • ގއ. ނިލަންދޫ

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015