މަސައްކަތް
ނަންބަރު: (IUL)419/419/2023/111
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 23 ނޮވެންބަރު 2023 11:30
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'މަރުކަޒުލް އީޘާރު' ގައި ދީނީ ތަޢުލީމު ދިނުމުގެ ޚިދުމަތް ފެއްޓުމަށް ޢާއްމުކޮށް ހުޅުވާލުން

ކުރީގެ މަސްޖިދުލް އީޘާރުގެ ގޮތުގައި ބޭނުންކުރި ޢިމާރާތް މިހާރު، 'މަރުކަޒުލް އީޘާރު' ގެ ނަމުގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގައްދޫ ގޮފި ހިންގުމާއިއެކު ދީނީ ތަޢުލީމު ފޯރުކޮށްދިނުން ހިމެނޭހެން އެހެނިހެން ދުނިޔަވީ ތަޢުލީމުތައް ފޯރުކޮށްދިނުމުގެ ޚިދުމަތް ގައްދޫގައި ފޯރުކޯށްދިނުމަށް  ޝަޢުޤުވެރިވާ ފަރާތްތަކުން ޤާނޫނު ނަންބަރު؛ 24/2020 ، "ތަޢުލީމުގެ ޤާނޫނު" އާއި އަދި  ޤަވާޢިދު ނަންބަރު؛  2021/R-165 ، "ސްކޫލް ފިޔަވާ ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓްރީކުރުމާއި ހިންގުމުގެ ގަވާއިދު" ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ  ފަރާތްތަކަށް ތިރީގައި ބަޔާންކުރާ އުޞޫލުގެ ދަށުން ހުޅުވާލަމެވެ.

  1. މަރުކަޒުގައި ތަޢުލީމު ދިނުން ކުރިޔަށް ގެންދަންވާނީ ދީނީ ތަޢުލީމަކީ ތަނުން ފޯރުކޮށްދޭ  އަސާސީ ދާއިރާ ކަމުގައި ބަލައިގެންނެވެ.
  2. ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކައުންސިލުން ފޯރުކޮށްދޭނީ ޢިމާރާތާއި ޢިމާރާތުގައި ހުރި ނުއުފުލޭ މުދަލެވެ.
  3. ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހޯދަންޖެހޭ ތަކެއްޗާއި ވަޞީލަތް އަދި ތަކެތި ހޯދައި އިންސްޓޯލް ކުރުމަކީ ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ޒިންމާއެކެވެ.
  4. މަރުކަޒުގެ ޢިމާރާތުގެ ކަރަންޓް ބިލު ހިނަވާގެ ޢިމާރާތް ހިމެނޭ ގޮތަށް ދައްކަންވާނީ ޚިދުމަތް ފޯރުކޮށްދޭ ފަރާތުންނެވެ.
  5. މިއުޞޫލުގެ ދަށުން އެހެން ދާއިރާތަކުގެ ޓިއުޝަން އަދި ކޯސްތައްވެސް ހިންގިދާނެއެވެ.
  6. ޚިދުމަތް ފޯރުކޮށްދޭ ފަރާތުން މަރުކަޒުގައި ޢާންމު ޤުރުއާން ކްލާސްތައް ހިންގުމަކީ އެދެވިގެންވާ ކަމެކެވެ.
  7. ޚިދުމަތް ފޯރުކޮށްދޭ ފަރާތުން މަރުކަޒުގައި ވަކި ޚާއްޞަ ޕްރޮގްރާމެއްގެ ގޮތުގައި ޙިފްޞު (ނުބަލައި ކިޔުން) ބައި ކުރިޔަށް ގެންދިޔުން ލާޒިމްވާނެއެވެ.
  8. ޢާންމު ޤުރުއާން ކްލާސް ހިންގުމުގައި ދަރިވަރުންގެ އަތުން  ފީ ނަގަންވާނީ މަހަކު -/100 ރުފިޔާއަށްވުރެ ބޮޑު ނުވާނެ ގޮތަށް އަދި ހަފްތާއަކު 4 ދުވަހަށްވުރެ މަދު ނުވާނެ ގޮތަށެވެ.
  9. ޙިފްޞު ބައިގައި ދަރިވަރުންގެ އަތުން  ފީ ނަގަންވާނީ މަހަކު -/100 ރުފިޔާއަށްވުރެ ބޮޑު ނުވާނެ ގޮތަށް  އަދި ހަފްތާއަކު  4 ދުވަހަށްވުރެ މަދު ނުވާނެ ގޮތަށެވެ.

10. މަތީ ތަޢުލީމާއި ގުޅޭ ކޯސްތަކާއި އަދި މިނުކުތާތަކުގައި އިސްތިސްނާ ނުކުރާ ތަޢުލީމު ފޯރުކޮށްދިނުމުގެ ޚިދުމަތް އަދި އެއަށް އަގު ނެގުމުގައި ކަނޑައަޅާ މިންވަރަކީ މިޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ އިޚްތިޔާރުގައިވާ ކަމެކެވެ.

11. މަރުކަޒުގައި ތަޢުލީމު ފޯރުކޮށްދިނުމަށް ކައުންސިލްގެ ޢިމާރާތާއި އެތާގައިހުރި ވަޞީލަތްތައް ލިބޭނެ މުއްދަތަކީ 6 އަހަރު ދުވަހެވެ. މިމުއްދަތުގައި އެފަަރާތުން ކައުންސިލަށް އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހޭނެއެވެ.

12. މަރުކަޒު ހިންގުމުގެ މުއްދަތުގައި ޢިމާރާތުގެ އެތެރެއާއި މަގު ސާފުކޮށް ބެލެހެއްޓުމާއި، ޢިމާރާތާއި، ތަނުގައި ހުންނަ މުދަލަށް  ޚިދުމަތް ފޯރުކޮށްދޭ ފަރާތުން ޒިންމާ ވާންވާނެއެވެ.

13. ޚިދުމަތް ފޯރުކޮށްދޭ ފަރާތުން  ޕްރޮޕަޓީ ސެކިއުރިޓީ ޑިޕޮޒެޓެއްގެގޮތުގައި ފަސްހާސް ރުފިޔާ ކައުންސިލަށް ދައްކަންޖެހޭނެއެވެ.

14. ޚިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނުވަތަ ޚިދުމަތް ފަށައި އޭގެފަހުން އެއްވެސް މަޤުބޫލު ސަބަބަކާއި ނުލައި  ޚިދުމަތް ފޯރުކޮށްދިނުން މެދުކެނޑޭތާ  2 މަސް ވުމުން  އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

15. މާރކްސް ދެވޭނެ މިންގަނޑު:

 

މާރކްސް ދެވޭ ބައިތަކާއި މިންގަނޑުތައް

ޕަސެންޓޭޖް

1

ޕްރޮޕޯސަލް

70

2

ތަޖުރިބާ(ޚިދުމަތާއި ގުޅުންހުރި ދާއިރާ)

30

 

16. ހުށަހަޅަންޖެހޭ ތަކެތި:

16.1.                   ބީލަމަށް އެދި ހުށަހަޅާ ސިޓީ

16.2.                   ކިޔަވައިދޭ ތަނުގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް

16.3.                  ޕްރޮޕޯސަލް

16.4.                   ތަޖުރިބާގެ ލިޔުންތައް

16.5.                   މިނަންބަރުގެ 16.1 އިން ފެށިގެން 16.4 ވަނަ ނުކުތާއާއި ހަމައަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިނުވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެއެވެ.

 

17. ޕްރޮޕޯސަލްތައް ބަލައިގަތުމާއި ޕްރޮޕޯސަލް ކެޑުން އޮންނާނީ ގދ. ގައްދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި 23 ނޮވެމްބަރ 2023 ވާ ބްރާސްފަތި ދުވަހު މެންދުރު 11:30 ގައި ގދ.ގައްދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ޕްރޮޕޯސަލްތައް ހުށަޅާ ފަރާތްތަކުގެ ތެރެއިން ހާޒިރުވި ފަރާތްތަކުގެ ހާޒިރުގައެވެ. މިބައްދަލުވުމުގައި ޕްރޮޕޯސަލްތައް ބަލައިގަނެ ހުށަހެޅި ފަރާތްތައް ހުށަހެޅި އަގު އަދި ތަޖުރިބާގެ މުއްދަތު އެގޭނެހެން ޕްރޮޕޯސަލް ބަލައިގެންފިކަމުގެ ލިޔުމެއް ދެވޭނެއެވެ.

 

18. މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމަށް  [email protected] އަށް މެއިލްކޮށްދެއްވުންއެދެމެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާއިރުގައި ބަނޑޭރިގަނޑުގައި ތިރީގައިމިވާ ގޮތަށް އިޢުލާނުގެ ނަމާއި ނަންބަރު ޞުރުޚީގެ ގޮތުގައި  ޖެއްސެވުންއެދެމެވެ.

 

އިއުލާނު: 419/419/2023/111(IUL)

 

'މަރުކަޒުލް އީޘާރު' ގައި ދީނީ ތަޢުލީމު ދިނުމުގެ ޚިދުމަތް ދިނުން

ގދ. ގައްދޫ ކައުންސިލް އިދާރާ

ގދ. ގައްދޫ

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 އޮކްޓޯބަރު 2023

29 އޮކްޓޫބަރު 2023