ވަޒީފާގެ ފުރުޞަތު
ނަންބަރު: (I)288/2023/123
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 31 އޮކްޓޫބަރު 2023 13:30
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޕޯޓިންގ ހޯމް ބޭސްޑު މައިކްރޯ ބިޒްނަސް ޕްރޮގްރާމުގައި ބައިވެރިވުމުގެ އިތުރު 15 ފުރުޞަތު ހުޅުވާލުން

ސަޕޯޓިންގ ހޯމް ބޭސް މައިކްރޯ ބިޒްނަސްގެ ނަމުގައި ކައުންސިލް އަދި އ.ތ.މ ކޮމިޓީ ގުޅިގެން ގޭގައި ތިބެގެން އަންހެނުންނަށް ގޭގައި ތިބެގެން އާމުދަނީ ހޯދުމުގެ ފުރުޞަތު ހޯދައިދިނުމަށް ހިންގަމުން އަންނަ ޕްރޮގްރާމްގެ ތެރެއިން އ.ތ.މ ކޮމިޓީއާއި ސަންސިޔާމު އިރުފުށި ރިޒޯޓް އާއި ދެމެދު އެ ރިޒޯޓަށް ބޭނުންވާ ރޮއްޓާއި ހެދިކާ ތައްޔާރުކޮށް ސަޕްލައިކުރުމުގެ އެއްބަސްވުމުގައި އ.ތ.މ ކޮމިޓީއާއި އެ ރިޒޯޓާއި ދެމެދު އެއްބަސްވުގައި ސޮއިކުރެވިފައިވާކަން އުފަލާއި އެކު ފާހަގަކުރަމެވެ.

މި އެއްބަސްވުމުގެ ދަށުން 1 ނޮވެމްބަރ 2023 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްތަށް އެ ރިޒޯޓަށް ބޭނުންވާ ރޮއްޓާއި ހެދިކާ ފޯރުކޮށްދެއްވުމަށް ޝައުގުވެރިވާ 15 ފަރާތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.  

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން "ސަޕޯޓިންގ ހޯމް ބޭސްޑް މައިކްރޯ ބިޒްނަސް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް" މެދުވެރިކޮށް ރަޖިސްޓްރީކުރަމުން ގެންދިއުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު ފަހު 1:30 ށް މި އިދާރާގައި ވަނީ ގާއިމުކުރެވިފައެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 2023 އޮކްޓޫބަރު 31 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 01:30  އެވެ.  

29 އޮކްޓޫބަރު 2023