ޢާންމު މަޢުލޫމާތު
ނަންބަރު: No: IU/HB/2023/16
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 18:50
ސުންގަޑި: 30 އޮކްޓޫބަރު 2023 00:00
ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
ހޭންޑްބޯލް މޯލްޑިވްސް: ރެފްރީސް ކޮމިޝަން

މިއެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގެ 10.1  އަދި 10.2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިއެސޯސިއޭޝަނުގެ ކޯޗެސް ކޮމިޓީ އަދި ރެފްރީސް ކޮމިޓީ އެކުލަވާލުމަށް 23 ސެޕްޓެމްބަރ 2023 ގައި ކުރެވުނު ޢިއުލާން ނަންބަރު: No:1/HB/2023/11 ގެ މުއްދަތު 30 ސެޕްޓެމްބަރ 2023 އަށް، ހަމަވިއިރު ރެފްރީސް ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަކީ:

ހޭންޑްބޯލް މޯލްޑިވްސް: ރެފްރީސް ކޮމިޓީ

ނަން

މަގާމް

އައިޑީކާޑް ނަންބަރ

އަބްދުﷲ ސަމީޙް

މެމްބަރު

A283910

މުޙައްމަދު ޝަނީފް

މެމްބަރު

A248376

އަޙްމަދު ޝިހާމް

މެމްބަރު

A078842

ޝާމިން އިބްރާޙިމް

މެމްބަރު

A148471

 

ހޭންޑްބޯލް މޯލްޑިވްސްގެ ރެފްރީސް ކޮމިޝަންގެ މެމްބަރުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި، މިއެސޯސިއޭޝަނަށް ފޯމް ހުށަހަޅާފައިވަނީ މިކޮމިޝަނަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ އަދަދަށް ކަމަށްވާތީވެ، ހޭންޑްބޯލް މޯލްޑިވްސްގެ އަސާސީ ގަވާއިދު ޖަދުވަލު(1) ގެ ކޮމިޝަންތަކުގެ އިންތިޙާބީ އޮނިގަނޑު އަދި 27 ނޮވެމްބަރ 2018 ގެ ހިންގާ ކޮމިޓީގެ އިގްރާރުގައިވާ ގޮތުގެ މަތީން، ރެފްރީސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ ހުރިހާ ފަރާތްތައް އިންތިޙާބަކާއިނުލައި އެމަގާމަށް ހޮވިފައިވާ ވާހަކަ ދަންނަވާލަމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަން ގެ ޖެނެރަލް ސެކެޓްރީ 9879555 އަށް ގުޅުއްވުން އެދެމެވެ.

28 އޮކްޓޫބަރު 2023