ނީލަން
ނަންބަރު: (IUL)113-CCD/1/2023/147
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 17:49
ސުންގަޑި: 05 ނޮވެންބަރު 2023 16:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާތައް ނީލަން ކިއުމާއި ގުޅޭ.

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
  2. ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:
    • މުދާ ބެލުން : 2023 ނޮވެމްބަރ 05 ވާ އާދީއްތަ ވަނަ ދުވަހުގެ 16:30 ގައި
  3. މުދާ ބެލުމަށް ނަން ނޯޓް ކުރުން:  2023 ނޮވެމްބަރ 05 ވާ އާދީއްތަ ވަނަ ދުވަހުގެ 15:30 ގެ ކުރިން،އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް ރިކުއެސްޓް ކުރަންވާނެއެވެ. އޮކްޝަން ޕޯޓަލް ލިންކް: https://auction.port.mv/
    • މުދާ ބެލުން : 2023 ނޮވެމްބަރ 05 ވާ އާދީއްތަ ވަނަ ދުވަހުގެ 16:30 ގައި
  4. ނީލމުގއި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށެވެ.
  5.  ނީލަން ކިޔުން:2023 ނޮވެމްބަރ 06 ވާ ހޯމަ ދުވަހުގެ 14:00 އިން 2023 ނޮވެމްބަރ 07 ވާ އަންގާރަ ދުވަހުގެ 14:00 އަށް.
  6. ނީލަމަށް އަގު ހުށަހެޅުން ބަންދުވުން: ނީލަމަށް އަގު ހުށަހެޅުން ބަންދުވާނީ، ނީލަމަށް އެންމެ ފަހުން ހުށަހަޅާ އަގު ހުށަހަޅާތާ 5 (ފަހެއް) މިނެޓްގެ ވަގުތެއް ދިނުމަށްފަހުއެވެ. އަދި އެ ފަސްމިނެޓް ތެރޭގައި އިތުރު އަގެއް ހުށަހަޅައިފިނަމަ ކުރިން ދިން 5 (ފަހެއް) މިނެޓްގެ އިތުރަށް ފަސްމިނެޓް އިތުރުވަމުން ގޮސް އަގެއް ހުށަނާޅާ އޮވެ ފަސްމިނެޓް ހަމަވުމުން ނީލަން ބަންދުވާނެއެވެ.

 ސަމާލުކަމަށްޓަކައި :

  • މުދާ ނީލަން ކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ޤަވާއިދު ( 17 އޮކްޓޫބަރ 2022 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv)   ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ޤަވާއިދު ފެނިލައްވާނެއެވެ.
  • މި ނީލަމުގައި ނުވިކޭ މުދާ ދެވަނަފަހަރަށް ނީލަން ކިއުމަށް އިއުލާން ކުރެވޭނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލް https://auction.port.mv/ ގައެވެ.
26 އޮކްޓޫބަރު 2023