ކުއްޔަށް ދިނުން
ނަންބަރު: (IUL)401-E/401/2023/53
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 01 ނޮވެންބަރު 2023 14:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް މާރުކޭޓް 06 ނަންބަރު ގޮޅި ކުއްޔަށް ދޫކުރުން

ލޯކަލް މާރކޭޓްގެ 06 ނަންބަރު ގޮޅި ކުއްޔަށް ދޫކުރުމަށް ކުރެވުނު މި ކައުންސިލްގެ ނަންބަރު (IUL)401-E/401/2023/44 (14 އޮގަސްޓް 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލް ކޮށްފީމެވެ. އަދި، މި ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ހުށަހެޅޭނެ އެންމެ ކުޑަ އަގު އަދި ކުއްޔަށް ދޫކުރާ މުއްދަތު:

  • ގޮޅީގެ ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑައަގަކީ މަހަކު 500.00ރ އެވެ.
  • ގޮޅި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މީލާދީ 5 އަހަރު ދުވަހަށެވެ.

ހުށަހަޅާ ބީލަންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • ހުށަހަޅާ ފަރާތަކީ ފޮނަދޫގެ ރަށްވެއްސެއްނަމަ: 10 މާކްސް
  • ހުށަހަޅާ ކުއްޔަށް: 90 މާކްސް (އެންމެ މަތިން ހުށަހަޅާ ފަރާތަކަށް ފުލްމާކްސް އަދި އެއީ ބެންޗްމާކް ކަމަށް ބަލައިގެން އެހެން ފަރާތްތަކަށް މާކްސް ދޭގޮތަށް)

ބީލަމުގައި ރަޖިސްޓްރީވުން:

  • ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލްގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ބިޑް ޑޮކިއުމެންޓް ގަތުމަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ -/150ރ އެވެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 01 ނޮވެމްބަރ 2023 (ބުދަ) ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
  • ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.gle/ieM5qAnFULSQ7Hmd7

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން:

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަމާ ބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި ކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު [email protected]އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 09 ނޮވެމްބަރ 2023 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 09 ނޮވެމްބަރ 2023 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ފޮނަދޫ ކައުންސިލްގެ މީޓިންގރޫމް ގައެވެ.
25 އޮކްޓޫބަރު 2023