މަސައްކަތް
ނަންބަރު: (IUL)88-SS/1/2015/1
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 18 މާރިޗު 2015 12:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ރިޕޯޓު ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ހިންގާ ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓުގެ ދަށުން ތައްޔާރުކޮށްފައިވާ 8 ދިރާސާއެއްގެ ރިޕޯޓު ޗާޕުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މާރިޗު 2015 ގެ 12:00 އަށް މި މަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރެންސާ އެއްގޮތަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. އަދި އަގު ހުށަހަޅުއްވާނީ، ކޮންމެ ޞަފްޙާއަކަށް ވާ ރޭޓު އެނގޭ ގޮތަށެވެ. އަދި މި މަސައްކަތުގެ އިތުރު ތަފުސީލާއި މަޢުލޫމާތު ހޯއްދެއްވުމަށް 3022 272 ނުވަތަ 3022 273 އަށް ގުޅުއްވުން އެދެމެވެ.

ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް ޓޫރިޒަމް

ހ. ވެލާނާގެ ، 5ވަނަ ފަންގިފިލާ

އަމީރުއަޙުމަދުމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3224 332332، ފެކްސް 2512 332

-މެއިލް:[email protected]

ވެބްސައިޓް:www.tourism.gov.mv

09 މާރިޗު 2015