ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-204/IU/2015/07
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 11 މާރިޗު 2015 15:00
ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
ސްކޫލް ހެލްތް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސްކޫލް ހެލްތް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)                 

ރޭންކް: ޖީ.އެސް.4

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މުސާރަ: މަހަކު -/4،465 ރުފިޔާ 

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނަޑެއްލާ ސްކޫލް

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނަޑެއްލާ ސްކޫލުގެ އެޑްމިން ސެކްޝަން                       

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިވަޑައިގެން ކޮންމެ އަހަރަކު ސްކޫލްތަކުގައި ހިންގަވަން ހަމަޖެހިފައިވާ، ދަރިވަރުންނަށް ފަނީބޭސްދިނުމާއި ވިޓަމިންއޭ ދިނުމުގެ ޕްރޮގްރާމް މި ސްކޫލުގައި ހިންގުން.

2- ހެލްތު ރޫމަށް ގެނެވޭ ދަރިވަރުންނަށް އެހީތެރިވުމާއި ފަރުވާދިނުމުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުން.

3- ދަރިވަރުންގެ ޞިއްޙީ ހޭލުންތެރިކަމަށްޓަކައި ސްކޫލާ ގުޅިގެން ތަފާތު ޕްރޮގްރާމްތައް ރާވައިގެން، އެ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުން.

4-  ހެލްތު ރޫމުގައި ދަރިވަރުންނަށް ފުރަތަމަ އެހީދިނުމަށް ޢާއްމުކޮށް ބޭނުންކުރާ ހުރިހާ ސާމާނެއް ހަމައަށް ގެނައުން.

5- ކޮންމެ ދުވަހަކު ސެޝަނެއްގައި މަދުވެގެން ދެފަހަރު ތިރީގައިވާ ކަންތައްތައް ކުރުން.

- ފާޚާނާތަކުގެ ސާފުތާހިރުކަން ބެލުން.

- ފާޚާނާގައި ހުންނަތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުން. މިސާލު ފުލެސްޓޭންކް، އިސްކުރު

- ފެންބޯ އިސްކުރާއި ކޫލަރުތެރޭގެ ސާފުތާހިރުކަން ބެލުން.

- ކޮރިޑޯތައް ޗެކްކުރުން.

6- ޞިއްޙީ ކަންކަމާބެހޭ ދުވަސްތައް ފާހަގަކުރުމުގައި ޚިޔާލުދެއްވައި އެހީތެރިވުން.

7- ޓާމަކު އެއްފަހަރު، ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި، އެ ރެކޯޑްތައް ބެލެހެއްޓުން.

8- ކުދިންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ޙަރަކާތްތައް ހިންގުން. ކުދިންނަށް މަޢުލޫމާތުދިނުން.

9- ސްކޫލް ބަންދުވުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ރިޕޯޓާއި، އަންނަން އޮތް އަހަރުގެ އެކްޝަން ޕްލޭން މިނިސްޓްރީއަށް ފޮނުވުން.

10- ހެލްތު ރޫމުގެ އެނދުފޮތިތަކާއި ބާލީހު އުރަތައް، މަދުވެގެން ހަފުތާއަކު 3 ފަހަރު ބަދަލުކުރުން.

11- ހެލްތުރޫމުގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.

12- ފަސްޓްއެއިޑް ފޮށީގައި އަބަދުވެސް ތަކެތި ހަމަޔަށް ބެހެއްޓުން.

13- ސްކޫލްތެރޭގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން.

14. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

 ދާއިރާއާ ގުޅުންހުރި ކަންކަމުގައި ސްކޫލުގެ މުވައްޒަފުންނަށް އެހީތެރިވުން

  • ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.
  • އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

އިތުރު ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން

  • ސްކޫލުގެ ދަރިވަރުންނާއި ސްކޫލުގެ ކުރިއެރުމަށް ރާވައިގެން ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ސްކޫލުން އަންގައިފި ޙާލަތެއްގައި ޢަމަލީގޮތުން ބައިވެރިވެ، އެކަމެއް ކާމިޔާބުކުރުމަށް ހުރިހާ މާނައެއްގައިވެސް މަސައްކަތްކުރުމާއި، އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ހަވާލުކުރެވިއްޖެނަމަ، އެ ހަރަކާތެއް ބާއްވަން ކަނޑައެޅިފައިވާ ތާރީޚުގައި ބާއްވައިގެން، އެކަމެއް ކާމިޔާބުކަމާއެކު ކޮށް ނިންމުން.
  • ސްކޫލުގައި ފާހަގަކުރާ ދުވަސްތަކާއި މުނާސަބަތުތަކުގައި ހަވާލުކުރެވޭ ކަންތައްތައް، ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށް ނިންމުން.

 ދުވަހުން ދުވަހަށް މަސައްކަތްތައް ނިންމުން

  • ހަވާލުކުރެވިފައިވާ މަސައްކަތެއް ހަވާލުކުރެވުނު މުއްދަތަށް އެއްވެސް ސަބަބަކާހުރެ ނިންމުމަށް ޢުޒުރުވެރިވެއްޖެނަމަ،  ކުރިޔާލައި ސްޕަވައިޒަރަށްއެކަން އަންގައިގެން ސްޕަވައިޒަރުގެ ލަފާގެމަތިން ދެން ކުރިއަށްދާންވީ ކިހިނެއްތޯ ބަލައިގެން އެގޮތަކަށް ޢަމަލުކުރުން.
  • ޗުއްޓީއާއި، ސަލާމާއި، އާއިލީ ޒިންމާގައި ހުރުމަށްފަހު ވަޒީފާއަށް ނިކުންނައިރު، ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ނުނިމިވާނަމަ، ނިކުންނަތާ ހަފުތާއެއްގެ ތެރޭގައި އެ މަސައްކަތްތައް ނިންމުން.

ބަދަލު އިންތިޒާމް

  • އޮފީހުގެ އެހެން މުވައްޒަފަކަށް ހަވާލުކުރެވިފައިވާކަމެއް އެ މުވައްޒަފުގެ ބަދަލުގައި ކުރަން ހަވާލުކުރެވިއްޖެނަމަ، އެކަމެއް ކުރަން ރޭވިފައިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމަންވާނެއެވެ.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަޤާމާ ގުޅޭ ދާއިރާއަކުން ސެޓްފިކެޓް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " އީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް އިމްތިޙާނަކުން "ދިވެހި" މި މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

4. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކްނަޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ  މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ތަޢުލީމީ ފެންވަރު
  • ހުށަހަޅާފައިވާ މަސައްކަތުގެ ތަޖުރިބާ
  • ސިވިލްސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤް
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަރވިއުކޮށްގެން ލިބޭ މާކްސް

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ، 12 މާރިޗު 2015 އާއި 16 މާރިޗު 2015 އާ ދެމެދުގައި ނަޑެއްލާ ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު، ނަޑެއްލާ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mvން)  ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ގދ. ނަޑެއްލާ ސްކޫލުގެ ކައުންޓަރަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 11 ވަނަ ދުވަހުގެ 15:00 އެވެ.

ނޯޓް:

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ނަޑެއްލާ ސްކޫލުގެ 7983088 ނަންބަރު ފޯނަށް ނުވަތަ 6840064 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

13 ޖުމާދަލްއޫލާ 1436

04 މާރިޗު 2015