ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-QA/182/2023/09
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:27
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
މަސްވެރިކަން ކުރާ އުޅަންދު ފަހަރަށް ސާފުތާހިރު ކަމުގެ ސެޓްފިކެޓް ދިނުމާއި ގުޅޭ

އިޢުލާން

މި އޮތޯރިޓީގެ "ދިރިތި" ޕޯޓަލް (www.dhirithi.egov.mv) މެދުވެރިކޮށް ދެމުންދާ ޚިދުމަތްތަކުގެ ތެރެއަށް މަސްވެރިކަންކުރާ އުޅަނދުފަހަރުތަކުގެ ސާފުތާހިރު ކަމުގެ ސެޓްފިކެޓް ދޫކުރުންވަނީ އިތުރު ކުރެވިފައެވެ.

ވީމާ 03 ޑިސެންބަރު 2023 އިން ފެށިގެން މި ޚިދުމަތް ހަމައެކަނި ފޯރުކޮށްދޭނީ "ދިރިތި" ޕޯޓަލް މެދުވެރިކޮށް ކަމުގައި ދެންނެވީމެވެ. މި ކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014305 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

25 އޮކްޓޫބަރު 2023